އެއާޕޯޓު ބޭރުގެ ފަރާތްތަކަށް ދޭކަށްނުޖެހޭ: ރައީސް ޔާމީން

05 Jul 2019 | 05:59

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ބޭރުގެ ފަރާތްތަކަށް ދޭކަށް ނުޖެހޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީން މިރޭ ކާނިވަލް ސަރަހައްދުގައި ބޭއްވި ރެލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ހިންގުން ބޭރުގެ ފަރާތަކަށް ދޭން ނުޖެހޭނެކަމަށާއި ގައުމުގެ ހަރުމުދާ ބޭރުގެ މީހުންނަށް ވިއްކުމަށް ސޮއިކުރަމުންދާ އެއްބަސްވުންތައް އިިދިކޮޅުގެ ސަރުކާރެއް އައިސްފިނަމަ އުވާލާނެކަމަށެވެ.

"ސަރުކާރު ބަދަލުވެއްޖެނަމަ، އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެނަމަ އެފުއް މިފުށަށް ޖަހާނަން" އެއްބަސްވުންތަކަށް އިޝާރާތްކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވިއިރު، އެއާޕޯޓު ހިންގުމުގެ ކަންކަން އަނެއްކާވެސް ޖީއެމްއާރާއި ހަވާލުކުރަން އުޅޭކަމުގެ އަޑުތަކެއް ވަނީ މީގެ ކުރިން ފެތުރިފައެވެ. އަދި ޖީއެމްއާރްގެ މުވައްޒަފުންތަކެއް އެއާޕޯޓުގައި ހަރަކާތްތެރިވި އިރު، އެ ފަރާތްތައް އެތަނުގައި އުޅުނީ ކީއްވެގެންކަމެއް ސަރުކާރުން ހާާމަކޮށްފައެއް ނުވެއެވެ.

Advertisement

ކޮމެންޓް

Advertisement