ރައީސް ޔާމީނަށް ރައްޔިތުން ވެރިކަމެއް ނުދޭނެ: ރައީސް ނަޝީދު

05 Jul 2019 | 18:07

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިވެހި ރައްޔިތުން ދެނެއް ވެރިކަމެއް ނުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ޒިންމާދާރުކަމެއް ނެތި އެގްރީމެންޓްތައް އެފުށް މިފުށަށް ޖެހުމުން ދައުލަތަށް ލިބުނު މާލީ ގެއްލުން އެތައް ބިލިޔަނަކަށް އަރާފައިވާ ކަމަށެވެ.

އަދި ރައްޔިތުންނަށް ލިބޭ ގެއްލުންތަކަށް ބެލުމެއް ނެތި އެކަން ތަކުރާރުކުރާނެކަމަށް ވިދާޅުވުމަކީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ނުދޭނެ އެއް ސަބަބު ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ރޭ އޮތް ޕީޕީއެމްގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ޕީޕީއެމްއިން ވެރިކަމަށް އައިސްފިނަމަ ގައުމުގެ ހަރުމުދާ ބޭރުގެ މީހުންނަށް ވިއްކުމަށް ސޮއިކުރަމުންދާ އެއްބަސްވުންތައް އިިދިކޮޅުގެ ސަރުކާރެއް އައިސްފިނަމަ އުވާލާނެކަމަށް ވިދާޅުވެފައެވެ.

"ސަރުކާރު ބަދަލުވެއްޖެނަމަ، އަޅުގަނޑުމެންގެ ބާރު ހިނގާ ސަރުކާރެއް އަތުވެއްޖެނަމަ އެފުއް މިފުށަށް ޖަހާނަން" އެއްބަސްވުންތަކަށް އިޝާރާތްކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

ކޮމެންޓް