Advertisement

ސީލައިފުން އެޑްވާންސް ފައިސާ އަނބުރާ ދިނުމަށް އެއްބަސްވެއްޖެ

05 Jul 2019 | 14:44

ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ތަރައްގީކުރުމަށް ހަވާލުކުރެވުނު ފްލެޓްތަކަށް މީހުން ދެއްކި އެޑްވާންސް ފައިސާ އަނބުރާ ދިނުމަށް އެކުންފުނިން އެއްބަސްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސީލައިފްއާއި އެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން، އެ ފްލެޓްތަކަށް މީހުން ދެއްކި އެޑްވާންސް ފައިސާ އަނބުރާ ދިނުމަށްފަހު އެ މަޝްރޫއު އަލުން ކުރިއަށް ގެންދިއުމަށް ހުށައަޅާާފައިވާ ކަމަށެވެ.

"އެޑްވާންސަށް ސީލައިފުން އެޗްޑީސީއަށް ދީފައިހުރި އެތައް މިލިއަން ޑޮލަރެއް. އެ ފައިސާ ފްލެޓްގަތުމަށް ދިން ފަރާތައް އެ ފައިސާ ދީފައި، މިކަން ނިންމާފައި، އަލުން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ތިމަންނަމެންނަށް [ސީލައިފަށް] ފުރުސަތުދޭށޭ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

އެެހެންކަމުން ސީލައިފުން ހުށައެޅި ގޮތަށް އެފަރާތްތަކަށް އެޗްޑީސީ މެދުވެރިކޮށް ފައިސާ ދެއްކޭނެތޯ ގާނޫނީގޮތުން ބަލަމުންދާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement