އެޗްޑީސީ އިދަޖެހެނީ: ފީނުދައްކާތީ އެޗްޑީސީގެ ކުނި ނެގުން ވެމްކޯއިން ހުއްޓާލައިފި

18 Oct 2018 | 05:07

މާލޭގެ ކުނި މެނޭޖްކުރަމުން އަންނަ ކުންފުނި ކަމަށްވާ ވޭސްޓް މެނޭޖްމަންޓް (ވެމްކޯ)އަށް ފީ ނުދައްކާތާ އެތައް ދުވަހެއް ވެފައިވާތީ އެކުންފުނިން އެޗްޑީސީގެ ކުނި ނެގުން ހުއްޓާލައިފިއެވެ.

އެޗްޑީސީއިން ފީ ނުދައްކާތާ ގިނަ ދުވަސް ވެފައިވާތީ ފީގެ ގޮތުގައި ބޮޑު އަދަދެއް އެޗްޑީސީއިން ވެމްކޯއަށް ދައްކަންޖެހޭކަމަށް މައުލޫމާތު ލިބެއެވެ.

މިހެންކަމުން ވެމްކޯއިން ކުނި ނެގުން ހުއްޓާލާފައިވާތާ މިހާރުހަތަރު ވަރަކަށް ދުވަސް ވަނީވެފައެވެ.

އެޗްޑީސީން ކުނިވާޒާތުގެ އެއްޗެހި މިހާރު ނައްތާލަމުން ދަނީ ކުރީގެ ނާސަރީއަށް ގެންގޮސް އޭގެ މައްޗައް ފަސް އަޅައިގެންނެވެ. އަދި ކުނި ނުވާ ޒާތުގެ ކުނި އަޅަމުން ދަނީ ހުޅުމާލެ ދެވަނަ ފިޔަވައްސަ ށެވެ.

"ކުރީގެ ނާސަރީތެރޭގައި ކުނިވާ ޒާތުގެ އެއްޗެހި އަޅާފައި، އޭގެ މައްޗަށް ފަސް އަޅަނީ. ދެން ވަސްދުވާ ޒާތުގެ އެއްޗެއްސާ ކުނި ނުވާ އެއްޗެހި ގެންގޮސް ފޭސް ޓޫގައި ބަހައްޓަމުން ދަނީ،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އެޗްޑީސީގެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަ މިހާރު ދަނީ އޭސީސީން ބަލަމުންނެވެ.

މިހަބަރާއި ގުޅިގެން އެޗްޑީސީ އިން މިހާތަނަށް ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

އަދި ވެމްކޯއިން ވެސް ވަނީ މިކަމާ ގުޅިގެން ވަކި އެއްޗެއް ބުނަން އިންކާރުކޮއްފައެވެ.

Advertisement

ކޮމެންޓް