ޗައިނާގެ ދަރަނި ނުދެއްކިއްޖެނަަމަ ބިމާއި މިނިވަންކަން ގެއްލިދާނެ: ރައީސް ނަޝީދު

06 Jul 2019 | 11:01

ދިވެހިރާއްޖޭގެ ފަރާތުން ޗައިނާއަށް ދަރާފައިވާ ދަރަނި އަދާނުކުރެވިއްޖެނަމަ ރާއްޖޭގެ ބިމާއި މިނިވަންކަން ގެއްލިދާނެކަމުގެ އިންޒާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއަށް ދަރާފައިވާ 4.2ބިލިޔަނަށްވުރެ ގިނަ ފައިސާ ދައްކަން ދައުލަތަށް ނުކުޅެދުނީމަ ދެން އެދޭނީ ޕްރޮޖެކްޓްތަކުގެ ހިއްސާ ދިނުމަށް ކަމަށެވެ. އަދި މި ހިއްސާއާއި އެކު ދިވެހިންގެ ބިމާއި މިނިވަންކަން ގެެއްލިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން އިޝާރާތްކުރައްވާފައިވަނީ ރޭ ޕީޕީއެމްއިން ބޭއްވި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ރާއްޖެ ހަރުމުދާ މި ސަރުކާރުން ވިއްކާލައި، އިގްތިސާދު ނަގާލުމާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ދަރަނި ދެއްކުމަށްޓަކައި ހިންގަވާ ހަރުދަނާ މާލީ އަދި އިގްތިސާދީ ސިޔާސަތުތަަކަށް ހުރަސްއެޅުމުގެ ޖާގަ ދެވިގެން ނުވާނެކަމަށެވެ.

Advertisement

ކޮމެންޓް

Advertisement