އިންޓަރނެޓް އަގުހެޔޮނުވަނީ މިނިސްޓްރީން ރަނގަޅު ޕްރޮޕޯޒަލްއެއް ހުށަނާޅާތީ: ރައީސް ސޯލިހު

05 Jul 2019 | 15:46

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަރނެޓްގެ ޚިދުމަތުގެ އަގުހެޔޮނުވަނީ ޓެކްނޮލޮޖީ މިނިސްޓްރީން ރަނގަޅު ޕްރޮޕޯޒަލެއް ހުށަނާޅާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެއޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އިންޓަރނެޓްގެ ޚިދުމަތުގެ އަގުހެޔޮކުރުމަށް ޓެކްނޮލޮޖީ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އަގުހެޔޮކުރެވިފައިވާ އިންޓަރނެޓްގެ ޚިދުމަތުގެ ޕްރޮޕޯޒަލެއް އެމަނިކުފާނަށް ހުށައެޅުނު ކަމަށެވެ.

ނަމަވެސް އެ ޕްރޮޕޯޒަލްއަކީ އެންމެ ރަނގަޅު ޕްރޮޕޯޒަލްކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އެއަށްވުރެވެސް އިންޓަރނެޓްގެ އަގުހެޔޮކުރެވޭތޯ ބަަލަމުންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފޯރުކޮށްދޭ އިންޓަރނެޓްގެ ޚިދުމަތުގެ އަގުހެޔޮކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ. ނަމަވެސް އެކަން ނުވެ ގިނަ ދުވަސްތަކެއް ވޭތުވުމުން ސަރުކާރާއި މިނިސްޓަރ މަލީހު ޖަމާލަށް ގިނަަބަަޔަކު ދަނީ ފާޑުކިޔަމުންނެވެ.

Advertisement

ކޮމެންޓް