މީހަކަށް އަނިޔާކުރި ވީިޑިޔޯ ނެގިކަމަށްބުނެ ގޭގެ މީހުންގެ ފޯނު ބަލަން އުޅުނު: އަނަސް

06 Jul 2019 | 10:44

މާފަންނުގެ ގެއެއްގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމެންޓުން މިރޭ ހިންގި އޮޕަރޭޝަންގައި ފުލުހުން މީހަކަށް އަނިޔާކުރި ވީޑިޔޯ ނެގިކަމަށް ތުހުމަތުކޮށް ގޭގެ މީހުންގެ ފޯނު ހާވަން އުޅުނުކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު އަނަސް އަބްދުލްސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން މީހަކަށް އަނިޔާކުރި ހާދިސާ ހިނގާފައިވަނީ އަނަސް ދިރިއުުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަ ގެއެއްގައި ކަމަށެވެ. އަދި އެ އޮފިސަރުން އަނިޔާކުރާ ވީޑިޔޯ ދައުރުވާން ފެށުމާއި އެކު، އަނަސްގެ އެޕާރޓްމެންޓަށް އައިސް އެ ވީޑިޔޯއާއި ބެހޭގޮތުން ސުވާލުކުރި ކަމަށެވެ.

އަދި އެއަށްފަހު ޖެހިގެން ހުރި ފްލޯރއަށް ގޮސް، އަނބުރާ އައިސް އެ ވީޑިޔޯ ނެގީ އަނަސްމެންކަމަށް ފުލުހުން ތުހުމަތުކުރިކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި އެފަރާތްތަކުން ވަނީ އަނަސްމެންގެ ފޯނު ބަަލައިފާސްކުރުމަށް މަސައްކަތްކޮށް، އެފަދަ ވީޑިޔޯއެއް ހުރިނަމަ ޑިލީޓްކުރުމަށް އިންޒާރުދީފައިކަމަށްވެސް އަނަސް ވަނީ ހާމަކުރައްވާފައެވެ.

އެއީ ކޮން ފަރާތްތަކެއްތޯ އަނަސް ސުވާލުކުރުމުން އެ ފުުލުހުން ވަނީ ބެޖް ދައްކައި، ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށްގެންދަނީކަމަށް ބުނެފައިކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އަނަސް ވަނީ އެ އޮފިސަރުންނާއި މެދު ފިޔަވަޅު އެޅޭނެކަމުގެ ޔަގީންކަން ދެއްވާފައިވާތީ ސީޕީ ހަމީދަށް ޝުކުރު ދަންނަވާފައެވެ. 

Advertisement

ކޮމެންޓް