ސިއްރު ހެކިބަސް ނުނެގުމުން އެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު ތާއީދުކުރައްވައިފި

16 Oct 2018 | 20:52

ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ އިންތިހާބް ބާތިލްކުރުމަށްއެދޭ މައްސަލާގައި ސިއްރު ހެކި ބަލައި ނުގަންނަން ނިންމުމުން އެކަމަށް ތާއީތު ކުރައްވާ އެއީ އެ ފަދަ މައްސަލަތަކާ މެދު އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެއެވެ.

ވޯޓު އޮޅުވާލި ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވާ ރައީސް ޔާމިން ހުށައެޅުއްވި މައްސަލައިގައިވަނީ ސިއްރު ތިން ހެއްކަކު ހުށަހެޅުއްވާފައެވެ.

މިއަދު ކުރިއަށްދިޔަ މިމައްސަލައިގެ އެންމެ ފަހު އަޑު އެހުމުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ ހެކިތައް ބަލައި ނުގަތުމަށް ނިންމާފައެވެ.

ފާއިޒު އިތުރަށް ވިދާޅުވީ އިންތިހާބީ މައްސަލަތައް ނިންމުމުގައި ސިއްރު ހެއްކަަށް ބުރަވުމަށް އިންތިހާބާ ބެހޭ ގާނޫނުތައް ވެސް ތަން ނުދޭ ކަމަށާއި، އިސްލާމް ދީން ބާރު އަޅަނީ ސިއްރު ހެކި ބަލައި ނުގަތުމަށް ކަމަށާއި މިފަދަ މައްސަލަތަކުގައި ސިއްރު ހެކިބަސް ނުނަގަން ނިންމުމުގެ ސަބަބުން އިންތިހާބީ އިންސާފުގެ ނިޒާމަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

ފާއިޒަކީ 2013 ވަނަ އަހަރުގެ އިންތިހާބާއި ގުޅިގެން ސްޕްރީމް ކޯޓަށް ހުށައެޅުމުން މައްސަލާގައި އިންތިހާބު ބާތިލު ނުކުރަން ރައުޔު ނެރުއްވި ފަނޑިޔާރެކެވެ.

Advertisement

ކޮމެންޓް