Advertisement

ބިންގާ އެޅިތާ ފަސް އަހަރުފަހުން އިންޑިއާއިން ކޯސްޓްގާޑް އާ އިމާރާތް މަސައްކަތް ފަށަނީ

06 Jul 2019 | 19:28

ބިންގާ އެޅިތާ ފަސް އަހަރުފަހުން އިންޑިއާގެ އެހީގައި އަޅާ ކޯސްޓްގާޑް އާ އިމާރާތް އެޅުމަށް އެ އިމާރާތް ތަޅާލުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ފިނޭންސުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޯސްޓުގާޑު އިމާރާތް ތަޅާލައި، ބިން ސާފުކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ.

އަދި އެކަން ކުރުމަށް ބީލަން ހުށައެޅުމަށް ވަނީ އެދިފައެވެ.

އެގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާ އިން ފެށިގެން މިމަހުގެ 24 ގެ ނިޔަލަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ބީލަމުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކޮންމެ ފަރާތަކުން ވެސް 500ރ. ދައްކަން ޖެހޭނެއެވެ. މިފީ އަކީ ނޮން ރިފަންޑަބަލް ފީއެއް ކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

އެނގިފައިވާ ގޮތުގައި މި އިމާރާތް ތަޅާލުމަށް ނިންމީ 8ބުރީގެ އާ އިމާރާތެއް ހަމަ އެތަނުގައި އެޅުމަށެވެ.

2014ވަނަ އަހަރުގައި މި އިމާރާތުގެ ބިންގާ އެޅުނުކަން ފާހަަގަކޮށްލެވެއެވެ. މިއީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގައި އަޅާ ތަނެކެވެ.

Advertisement

ކޮމެންޓް