ޗައިނާއަށް ރާއްޖެއިން ދަރާފައިވާ ދަަރަނި ސަފީރު ސާފުކޮށްދީފި

06 Jul 2019 | 22:20

ޗައިނާގެ ކިބައިން ދިވެހިރާއްޖެއިން ނަގާފައިވާ ދަރަނީގެ އަދަދު، އެގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހާމަކުރައްވައިފިއެވެ.

ސަފީރު ޒޭންގް ލިޒްހޮން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓާއަށް ބަލާއިރު ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދަރާފައިވާ ދަރަނީގެ އަދަދަކީ 49.6 ބިލިޔަން ރުފިޔާ ނުވަތަ 3.2 ބިލިޔަން ޑޮލަރު ކަމަށެވެ. 

ރާއްޖެއިން ޗައިނާއަށް ދަރާފައިވާ ފައިސާތަކުގެ ތަފްސީލްތައް ހާމަކުރައްވަމުން ސަފީރު ވިދާޅުވީ ކޮންސެޝަނަލް ލޯނާއި ޕްރިފަރެންޝިއަލް ލޯނުގެ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް 1.529ބިލިޔަން ޑޮލަރުގެ ލޯނު ނަގާފައިވާ ކަމަށެވެ.

މި ދަރަނީގެ ތަފްސީލްތަކަށް ބަލާއިރު ޗައިނާއިން އެންމެ ބޮޑު ލޯނެއްދީފައިވަނީ އެއާޕޯޓުގެ އައު ރަންވޭގެ މަސައްކަތަށެވެ. އެ މަސައްކަތަށް 439މިލިޔަން ޑޮލަރު ދޫކުުރުމަށް ވަނީ ނިންމާފައެވެ.   

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައިވަނީ އެ އަދަދަކީ 4ބިލިޔަންކަމަށް ވިދާޅުވެފައެވެ. 

ސަފީރު އިތުރަށް ކުރެއްވި ޓްވީޓެއްގައިވަނީ ޗައިނާއިން ރާއްޖެ ކޮންމެ ސަރުކާރަކާއި އެކުގައިވެސް ބާއްވާފައިވަނީ އެކުވެރި ދެފަރާތަށްވެސް ފައިދާވާނެ ގުޅުމެއްކަމަށެވެ.

Advertisement

ކޮމެންޓް

Advertisement