ބްރިޖްގެ ފައިސާ އަނބުރާ ދެއްކުމަށް 20 އަހަރު ލިބޭނެ: ސަފީރު

06 Jul 2019 | 22:20

ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާއި ގުޅިގެން ތަރައްގީކޮށްފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ރާއްޖެއިން ނެގި ލޯނު އަނބުރާ ދެއްކުމަށް 20އަހަރު ލިބޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒޭންގް ލިޒްހޮންގ ވިދާޅުވެއްޖެއެވެ.

އެބޭފުޅާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބްރިޖް ހެދުމަށްދިޔަ ޖުމްލަ ހަރަދަކީ 200 މިލިޔަން ޑޮލަރުކަމަށެވެ. އެ ޚަރަދުގެ ތެެރެއިން ބޮޑުބަޔެއްކަމުގައިވާ 57.5އިންސައްތައަކީ ޗައިނާ ސަރުކާާރުގެ ހިލޭ އެހީކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

އަދި ބާކީ 36.1 އިންސައްތައަކީ ޗައިނާގެ ބޭންކަކުން ދޫކުރި ޕްރިފަރެންޝިއަލް ލޯނު ނުވަތަ ދަށް އިންޓަރެސްޓް ރޭޓް ހިމެނޭ ލޯނެއްކަމަށާއި ބާކީ 6.4އިންސައްތަ އަކީ ދިވެހި ސަރުކާރުން ކުރި ޚަރަދު ކަމަށެވެ.

ސަފީރު ޒޭންގް ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖަށް ދިވެހި ސަރުކާރުން ދައްކަންޖެހޭނީ އެންމެ 100 މިލިޔަން ޑޮލަރެވެ. މި އަދަދުގެ ތަފްސީލަށް ވަޑައިގަންނަވަމުން އެބޭފުޅާ ވިދާޅުވީ އެލޯނު ދައްކަން ޖެހޭނީ ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކަށްފަހު، 20 އަހަރުގެ މުއްދަތަަކަށް ބަހާލައިގެން ކަމަށެވެ.

އެހެންކަމުން އިންޓަރެސްޓް ނުލައި،20 އަހަރުން އެ ފައިސާ ދައްކާ ޚަލާސްކުރާނަމަ ސަރުކާރުން ޗައިނާއަށް ދައްކަންޖެހޭނީ އަހަރަކު ފަސް މިލިޔަން ޑޮލަރެވެ.

Advertisement

ކޮމެންޓް