ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ބަޖެޓް 2022: ކުޅިވަރާ މުނިފޫހިފިލުވުމަށް 425 މިލިއަން، ދީނީ ކަންކަމަށް 281 މިލިއަން

Share on facebook
Share on twitter
Share on telegram
Share on whatsapp

މިވެސް ކިޔާލާ:

ކުރިޔަށް އޮތް 2022 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު މިދިޔަ މަހުގެ 31 ގައި ސަރުކާރުންވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

ސަރުކާރުން ހުށަހެޅި ބަޖެޓުގެ އެކި ޞަފްޙާތައް ބަލަމުން ދާއިރު އަޅައިގަންނަ ގިނަ ކަންތައްތަކެއް ފާހަގަވެއެވެ. އެގޮތުން، މުހިންމު ބޮޑެތި މައްސަލަތަކަށް ބަޖެޓުގައި ކުދި އަދަދުތަކެއް ހިމަނާފައިވާއިރު ދޫނި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އެތައް މިލިއަން ރުފިޔާއެއް ހިމަނާފައިވާކަން ފާހަގަ ކުރެވުނެވެ.
ބަޖެޓު ފޮތް އިތުރަށް ދިރާސާ ކޮށްލުމުން މިފަހަރު ފާހަގަވީ، ދީނީ ކަންކަމަށް ކަނޑައަޅާފައިވާ ބަޖެޓުގެ ކުޑަކަމެވެ.
އެގޮތުން، 2022 ވަނަ އަހަރުގެ ބަޖެޓުގައި ދީނީ ކަންކަމަށް ހިމަނާފައިވަނީ 281 މިލިއަން ރުފިޔާއެވެ. މިއީ، މި ހިނގާ 2021 ވަނަ އަހަރު ބަޖެޓުގައި ހިމެނި އަދަދަށްވުރެ 11 މިލިއަން އިތުރު އަދަދެކެވެ.
ނަމަވެސް، ކުރިޔަށް އޮތް 2022 ވަނަ އަހަރުގެ ބަޖެޓުގައި މުނިފޫހިފިލުވުމާއި ކުޅިވަރަށް 425.7 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ޚިޠާބެއްގައި އެމަނިކުފާނު ވިދާޅުވީ، ދިވެހި ގައުމިއްޔަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ސައްހަ އަގީދާ މަތީގައިކަން ފާހަގަކުރެއްވިއެވެ. އަދި އެ ނިއުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ގައުމީ ވާޖިބެއްކަމަށެވެ.
އަދި އިސްލާމް ދީނުގެ ރިވެތި އަހުލާގުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ބިންގާކަމަށާ އެހެންކަމުން ތުއްތު ދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ސައްހަ އަގީދާ ފުރިހަމައަށް ސާބިތުކޮށް ދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ރައީސް އެދުވަހުވަނީ އެދިވަޑައިގެންފައެވެ.
ނަމަވެސް، ސުވާލަކީ އިސްލާމީ ޤައުމެއްގައި ދީނީ ކަންކަމަށް ހޭދަކުރާ ފައިސާއަށްވުރެ ކުޅިވަރާއި މަޖާކުރުމަށް ހޭދަކުރާ ފައިސާ އިތުރުވުމުން ރައީސް އެ އެދިވަޑައިގަންނަވާ ނަތީޖާ ނެރެވޭނެ ކަމާއިމެދު އުފެދޭ ސުވާލެވެ.
ދިވެހިންނަކީ އާއިލާއަކީ މުސްލިމް އާއިލާއެއް ކަމަށްވާތީ އުފަންވުމަށްފަހު މުސްލިމުންގެ ގޮތުގައި ބޮޑެތިވަމުން އަންނަ ބައެކެވެ. ނަމަވެސް، އަމިއްލައަށް ކަންކަން ދެނެގަނެ އުގެނި ހަދާ ހިސާބުން ބައެއް ޒުވާނުން ވަނީ ދީނުގެ ކަންކަމާއި ދުރަށް ޖެހޭގޮތް ވެފައެވެ. އެކަންކަން ރަނގަޅު ކުރުމަށް ރަނގަޅު ތަޢުލީމު ދަރިވަރުންނަށް އެބަ ދޭންޖެހެއެވެ.
އަޅުގަނޑުމެންނަށް ފެނިގެންދަނީ، ދީނާއި ގުޅުންހުރި މާއްދާތައް ސްކޫލްތަކުގައި ކިޔަވައިދޭނެ ޓީޗަރުން ނެތިގެން އުޅޭ ތަނެވެ. އެ މަޤާމްތަކަށް ޓީޗަރުން ހޯދުމަށް ބަޖެޓުގައި ބޮޑެތި އަދަދުތައް ހިމަނަން ނުޖެހޭތޯއެވެ. އަދި ދީނީ ފަތުވާ ދިނުމާއި ދީނީ ޢިލްމު ކުރިއެރުވުމަށް އިތުރު ފައިސާ ބަޖެޓުގައި ހިމަނަން ނުޖެހޭތޯއެވެ.
ކުޅިވަރަށް ހޭދަކުރާ ފައިސާއާއި ދީނީ ކަންކަމަށް ހޭދަކުރާ ފައިސާގެ ފަރަޤު ކުޑަކުރަން ނުޖެހޭތޯއެވެ.

100%0%0%

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.