ދެއަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެ އެތައް ބަޔަކު މުޒާހަރާ ކުރަނީ

07 Jul 2019 | 09:10

މިޔަންމާގައި އުމުރުން ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުން އެބަދެއެވެ.

އެގޮތުން އެގައުމުގެ ޔަންގޮން ސިޓީގެ މަގުތަކަށް އެއްވި ގިނަ އަދަދެއްގެ މީހުން ވަނީ ރޭޕްގެ ޝިކާރައަކަށްވި އުމުރުން ދެއަހަރުގެ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.. އެ ތުއްތު ކުއްޖާ ރޭޕްކޮށްފައިވަނީ މިޔަންމާގެ ވެރިރަށް ނޭޕީޑޯގައެވެ.

މިދިޔަ މެއި މަހުގައި އެކުއްޖާ ރޭޕްކުރި މައްސަލައަށް އެހާ ގިނަ ދުވަސްފަހުން ސަމާލުކަން ލިބިގެން ދިޔައީ އެކުއްޖާގެ ބައްޕަ އެކަމަށްޓަކައި އެތައް މަސައްކަތްތަކެއް ކޮށްގެން ކަމަށް ބޭރުގެ މީޑޑިއާތަކުން ރިޕޯޓް ކުރެއެވެ. ރޭޕްގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާލެއް ލަސްކަމުން އެކުއްޖާގެ ބައްޕަ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުއްޖާގެ ބައްޕަ ބުނި ގޮތުން، އޭނާގެ ދަރިފުޅުން ނާސަރީ ނިންމާފައި ގެއަށް އައިއިރު، ޒަހަމްތަކެއް ހުއްޓެވެ. އަދި ޑޮކްޓަރަށް ދެއްކުމުން އެއީ ރޭޕްގެ ނަތީޖާކަން އެނގުނު ކަމަށް އޭނާ ބުނެފައިވެއެވެ. ރޭޕްގެ ޝިކާރައަކަށްވި ތުއްތު ކުއްޖާގެ އުމުރަކީ ދެއަހަރާއި 11 މަހެވެ. އެކުއްޖާ ރޭޕްކޮށްފައިވަނީ މެއިމަހުގެ 16 ވަނަ ދުވަހުގައެވެ.

ރޭޕްގެ މައް×ސަލައާއި ގުޅިގެން މިޔަންމާގެ ފުލުހުން ވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ. އެހެންނަމަވެސް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެމީހާ ވަނީ ދޫކޮށްލާފައެވެ.

Advertisement

ކޮމެންޓް