ފުލުހުންގެ ވަޒީފާއަށް މީހުން ހޯދަނީ

17 Oct 2018 | 07:10

މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް މީހުން ހޯދަން އިއުލާން ކޮށްފިއެވެ.

މިއީ މިއަހަރު ފުލުހުންގެ ހިދުމަތާ ގުޅެން ހުޅުވާލި ދެވަނަ ފަހަރެެވެ. މިއަހަރުގެ ކުރީކޮޅުވެސް ފުލުހުންގެ ވަޒީފާއަށް މީހުން ހޯދަންވަނީ އިއުލާން ކޮށްފައެވެ.

ފުލުހުންގެ އިދާރާއިން ކުރި އިއުލާނުގައި ވަނީ އުމުރުން 18 އަހާރާއި 25 އަހަރުގެ މީހުން ހޯދަން އިއުލާންކޮށް ފައެވެ. އެގޮތުން ޖީސީއީ އޯ ލެވެލް ނުވަތަ އެސްއެސްސީ އިމްތިހާނުގެ ދެމާއްދާއިން ދަށް ވެގެން ސީ ފާސް ލިބިފައިވުން ނުވަތަ ފުލުހުންނާ ގުޅޭދާއިރާއަކުން ދެ އަހަރު ދުވަހުގެ ތަޖްރިބާ ލިބުފައިވުމެވެ. މީގެ އިތުރުންވެސް އަންހެނެއް ނަމަ ފަސް ފޫޓަށް ވުރެން ކުރުނުވުމެވެ އަދި ފިރިހެނެއް ނަމަ ފަސް ފޫޓް ތިން އިންޗި ހުރުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އިތުރު ސަރުތުތަކުގެ ތެރޭގައި ހިމެނެނީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރީއަތަށް ސާބިތުނުވެ، އެއްވެސް ސިޔާސީ ޕާޓި އަކަށް ނިސްބައްނުވުމެވެ.

ފުލުހުންގެ އިއުލާނުގައި ވާގޮތުގެ މަތިން އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ 4 ގެ ކުރިން ވަޒީފާއަށް އެދި ހުށައަޅަންވާނެ އެވެ.

Advertisement

ކޮމެންޓް

Advertisement