ފަހު ވަގުތު ބްރެޒިލް އިން ވާދަވެރި އާޖެންޓީނާގެ މައްޗައް ކުރި ހޯދައިފި

17 Oct 2018 | 08:48

ބައިނަލްއަގްވާމީ ރަހުމަތްތެރި ކަމުގެ މެޗެއްގައި ވާދަވެރި އާޖެންޓީނާ އަދި ބްރެޒިލް ބައްދަލުކުރި މެޗެން ފަހުގު ޖެހި ލަނޑާއެކު ބްރެޒިލް މޮޅުވެއްޖެއެވެ. މި މެޗު ކުޅެފައިވަނީ ސައުދީ އަރަބިއްޔާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައެވެ.

މި މެޗަށް ނުކުތް އިރު މެސީ، އަގުއޭރޯ، ޑި މާރިއާ ފަދަ ކުޅުންތެރިން އާޖެންޓީނާ ޓީމުގަ ހިމަނާފައެއް ނުވެއެވެ. ޒުޥާން ޓީމަކާއެކު ކުޅެން ނުކުތް އާޖެންޓީނާގެ ފަރާތުން މި މެޗުގައި ފެނިފައިވަނީ ޑިފެންސިވް ކުޅުމެކެވެ.

ވަރުގަދަ ޓީމަކާއެކު މި މެޗަށް ނުކުތް ބްރެޒިލްއިން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އާޖެންޓީނާ ގޯލާ އަމާޒުކޮށްފައެވެ.

މިގޮތުން ބްރެޒިލް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ގަޑީގައި ނޭމާ ނަގައިދިން ކޯނަރަކުން މިރާންޑާއެވެ. 

Advertisement

ކޮމެންޓް