ލިވިންގ އެކްސްޕޯ 2021: އެންމެންނާއި ގުޅޭ ގިނަ ޕްރޮޑަކްޓްތަކެއް!

Share on facebook
Share on twitter
Share on telegram
Share on whatsapp

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، ދުނިޔޭގެ އެކި މުހިންމު ކަންކަމަށްވެސް ދަނީ ބޮޑެތި ކުރިއެރުންތަކާއި ބަދަލުތަކެއް އަންނަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ދާއިރާއަކީ ބޯހިޔާވަހިކަމެވެ. ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ ސިނާޢަތަށްވެސް ބޮޑެތި ބަދަލުތަކެއް އައިސް، މުޅިން އާ ޕްރޮޑަކްޓްތަކެއް ތަޢާރަފުވަމުންދާއިރު އެކަންކަން އެންމެ ފުރިހަމައަށް ފެނިގެންދާ އެއް ތަނަކީ ހައިރައިޒް ކުންފުނީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ލިވިންގ އެކްސްޕޯއެވެ. އެ އެކްސްޕޯގެ 9ވަނަ އެޑިޝަން މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ބާއްވާފައެވެ. ނޮވެމްބަރ 19 އިން ފެށިގެން 20ވަނަ ދުވަހާއި ހަމައަށް އޮތް ލިވިންގ އެކްސްޕޯ 2021 ބާއްވާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

އެންމެ ފުރަތަމަ 2013ވަނަ އަހަރު ބޭއްވި މި އެކްސްޕޯގެ މިއަހަރުގެ އަދަދު ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ، ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ބައިވެރިވެގެން ކުރިއަށްގެންދިޔަ މި އެކްސްޕޯގައި ވަނީ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތަކުން ފެށިގެން، އިންޓީރިއަރ، ފަރނިޗަރ، ފައިނޭންސިންގ އަދި ގޭގެއަށް ބޭނުންވާނެ އެކި އެއްޗެހިވެސް ވަނީ މި އެކްސްޕޯގެ ތެރެއިން ފެނިގެން ގޮސްފައެވެ. ލިވިންގ އެކްސްޕޯ 2021ގައި 35 އެގްޒިބިޓަރުން ވަނީ ބައިވެރިވެފައެވެ.

ގެދޮރުވެރިކަމާއި ގުޅޭ "އޯލް އިން ވަން" އިވެންޓެއްގެ ގޮތުގައި ކުރިއަށްދިޔަ މި އެކްސްޕޯއަށް "ވޮއިސް"ގެ ޓީމުން ވަނީ އިއްޔެ ޒިޔާރަތްކޮށްފައެވެ. މި ލިޔުމުގައި ގެނެސްދޭނީ، އަޅުގަނޑުމެންގެ ޓީމަށް އެންމެ ފާހަގަކޮށްލެވުނު ސްޓޯލްތަކުގެ ކުރު ޚުލާސާއެކެވެ.

އެޗްޑީސީގެ ސްޓޯލް- ފޮޓޯ: ވޮއިސް

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ):

ލިވިންގ އެކްސްޕޯ 2021ގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އެޗްޑީސީގެ ސްޓޯލުން މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދީފައިވަނީ، އެކުންފުނީގެ ފަރާތުން ހުޅުމާލޭގައި ހިންގަމުންދާ އަދި ހިންގުމަށް ނިންމާފައިވާ މުހިންމު ޕްރޮޖެކްޓްތަކާއި ބެހޭގޮތުންނެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެކުންފުނީގެ ފަރާތުން ތަރައްޤީކުރަމުންދާ ވިނަރެސް އެޕާޓްމެންޓްތަކާއި ގުޅޭގޮތުންނާއި، ފުރަތަމަ ފިޔަވަހީގެ ރީތިގަސް މަގުގައި ތަރައްޤީކުރުމަށް ތައްޔާރުވަމުންދާ ރީތިގަސް އެޕާޓްމެންޓްތަކާއި ބެހޭގޮތުން އެ ސްޓޯލަށް ޒިޔާރަތްކުރި އާއްމުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. މި ސްޓޯލަށް ޒިޔާރަތްކުރި އާންމުންނަށް ވަނީ އެ އެޕާޓްމެންޓްތައް ހުންނާނެ ގޮތާއި، އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭ ވަސީލަތްތަކުގެ އިތުރުން، އެ އެޕާޓްމެންޓްތަކުގެ ޔުނިޓްތަައް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އޮތް ފުރުޞަތުތަކާއި ބެހޭގޮތުންވެސް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމަކީ އެޗްޑީސީގެ ވަރަށް ބޮޑު އަމާޒެކެވެ. އެ އަމާޒަށް ވާސިލުވުމަށް އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އޭގެ ތެރެއިން އެއްކަމަކީ އޯޕަން އެކްސެސް ނެޓްވޯކްގެ ޚިދުމަތެވެ. މީގެ ސަބަބުން، ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު އެއް ނެޓްވޯކެއް މެދުވެރިިކޮށް އިންޓަރނެޓް އަދި ކޭބަލް ޓީވީ ފަދަ ޚިދުމަތްތައް ލިބިގެންދާނެއެވެ. މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި އާބާދުވެގެންދާއިރު، އެ ސަރަޙައްދުގައި އުޅޭ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުއިއެކެވެ.

އެޕިކް ސްޓޯލް- ފޮޓޯ: ވޮއިސް

އެޕިކް ޝެލްޓަރ ބައި ލަކްސް:

ރާއްޖޭގައި އެކި ދާއިރާތަކުން ހަލުވި މިނެއްގައި ކުރިއަރަމުންދާ ކުންފުންޏެއްކަމަށްވާ ލަކްސް އިންވެސްޓްމެންޓް ކުންފުނީގެ ފަރާތުން، ގެދޮރުވެރިކަމާއި ގުޅޭ ކަންކަމަށް ޚާއްޞަކޮށްފައިވާ ބްރޭންޑްކަމަށްވާ އެޕިކް ޝެލްޓަރ ބައި ލަކްސްއިން ވަނީ ލިިވިންގ އެކްސްޕޯ 2021ގައި ސަޕޯޓިންގ ޕާޓްނަރެއްގެ ހައިސިއްޔަތުން ބައިވެރިވެފައެވެ. އެ ބްރޭންޑުން މިފަަހަރުގެ އެކްސްޕޯގައި ވަނީ، ގެދޮރުވެރިކަމާއި ގުޅޭގޮތުން ފޯރުކޮށްދެމުންދާ ގިނަ ޚިދުމަތްތަކާއި ގުޅޭ މަޢުލޫމާތުތަކެއް ކަސްޓަމަރުންނާއި ހިއްސާކޮށްފައެވެ

އެގޮތުން ކަސްޓަމަރުން ބޭނުންވާގޮތަށް ކަސްޓަމައިޒްކޮށް ފަރުނީޗަރ ހަދައިދިނުމާއި، އެޕާޓްމެންޓްތައް މެނޭޖްކުރުމާއި އަދި ފިނިޝިންގއާއި އިންޓީރިއަރގެ މަސައްކަތްތައް ކޮށްދިނުން ހިމެނެއެވެ. މިކަންކަން ކުރުމުގައި އެޕިކް ޝެލްޓަރއިން ބޭނުންކުރާނީ، ދުނިޔޭގެ އެންމެ ކޮލިޓީ ފެންވަރުގެ ބްރޭންޑްތަކަށްކަމަށް އެ ބްރޭންޑުން މަޢުލޫމާތުދެއެވެ. އެޕިކް ޝެލްޓަރ ބައި ލަކްސްގެ ސްޓޯލުން ވަނީ ހިޔާ ފްލެޓްގެ ފިނިޝިންގ މަސައްކަތްތަކަށް އެ ބްރޭންޑުން ގެންގުޅޭ ޚާއްސަ ޕެކޭޖްތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ ކޯޓޭޝަންތައްވެސް ވަގުތުން ލިބޭނެ އިންތިޒާމް ފޯރުކޮށްދީފައެވެ.

 

ހައުސިންގ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ):

ބޯހިޔާވަހިކަމާއި ގުޅޭގޮތުން އެންމެ ފުޅާ ދާއިރާއެއްގައި ފައިނޭންސިންގގެ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުނިކަމަށްވާ ހައުސިންގ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ވަނީ ލިވިންގ އެކްސްޕޯ 2021ގައި ސްޓޯލެއް ބަހައްޓާފައެވެ. މި ސްޓޯލުން ވަނީ އެކުންފުނިން ފޯރުކޮށްދޭ ރިއަލް އެސްޓޭޓް ފައިނޭންސިންގއާއި ބެހޭ ގިނަ މައުލޫމާތުތަކެއް އާއްމުންނަށް ފޯރުކޮށްދީފައެވެ.

އެގޮތުން އެޕާޓްމެންޓްތައް ގަތުމަށް، އެތަނުގެ އަގުގެ 80 އިންސައްތައާއި ހަމައަށް ލޯނު ފޯރުކޮށްދޭ ކޮންވެންޝަނަލް އަދި އިސްލާމިކް ސްކީމްތަކުގެ މައުލޫމާތު އާއްމުންނާއި ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން އެޗްޑީއެފްސީއަކީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ކަންކަން ބަލަހައްޓާ ފަރާތަށްވުމުން، އެކުންފުނީގެ ސްޓޯލުން ވަނީ އެ ސްކީމާއި ގުޅޭގޮތުންވެސް އާއްމުންގެ ކިބައިގައި ހުރި ސުވާލުތަކަށް ވަރަށް ފުރިހަމައަށް ޖަވާބު ފޯރުކޮށްދީފައެވެ.

 

އެސްޓީއޯ ސްޓޯލް- ފޮޓޯ: ވޮއިސް

 

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ):

މިވެސް ކިޔާލާ:

ސަރުކާރު ހިއްސާވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ލިވިންގ އެކްސްޕޯ 2021ގައި ވަނީ އެކުންފުނީގެ ކޮންސްޓްރަކްޝަން އަދި ހޯމް އިމްޕްރޫވްމެންޓްގެ ގިނަ އުފެއްދުންތަކެއް އާއްމުންނާއި ހަމައަށް ދައްކާލާފައެވެ. އެގޮތުން މަކީޓާގެ ބްރޭންޑްގެ ކޮންސްޓްރަކްޝަންގައި ބޭނުންކުރާ އާލާތްތަކާއި ވެކިއުމްތަކުގެ އިތުރުން، ނިޕޯން ޕެއިންޓްގެ ރޭންޖްތައްވެސް ވަނީ ދައްކާލާފައެވެ. މި ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ނިޕޯން ޕެއިންޓްގެ ޑިސްކައުންޓް ވައުޗަރުތަކެއް ފޯރުކޮށްދީފައިވާއިރު، ހިޓާޗީ ބްރޭންޑްގެ ފްރިޖެއްވެސް ވަނީ އާއްމުންނަށް ދައްކާލާފައެވެ.

އެސްޓީއޯއަކީ ދިވެހިރާއްޖެއަށް އެންމެ ފުޅާ ދާއިރާއެއްގައި ހޯމް އިމްޕްރޫވްމެންޓާއި ކޮންސްޓްރަކްޝަނާއި ގުޅޭ އެއްޗެހި އެތެރެކުރާ ކުންފުންޏެވެ. އެކުންފުނިން ދަނީ އަހަރު ނިމުމާއި ދިމާކޮށް ޕްރޮމޯޝަނެއް ހިންގުމަށް ތައްޔާރުވަމުންނެވެ.

މޯލްޑިވްސް ގޭސް ސްޓޯލް- ފޮޓޯ: ވޮއިސް

މޯލްޑިވް ގޭސް:

އެސްޓީއޯ އަދި ޗަމްޕާ ގޭސް އެންޑް އޮއިލް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އޮންނަ ގޮތަށް ގޮތަށް 2004 ވަނަ އަހަރު އުފެއްދި މޯލްޑިވް ގޭހަކީ ދިވެހިންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ކުންފުންޏެކެވެ. ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކައްކާ ގޭހާއި އެހެނިހެން ގޭސްތަކުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިން ލިވިންގ އެކްސްޕޯ 2021ގައި ބަހައްޓާފައިވަނީ ވަރަށް ތަފާތު ސްޓޯލެކެވެ. އެގޮތުން އެކުންފުނީގެ ޕްރޮޑަކްޓްތަކާއި، ވަކިން ޚާއްސަކޮށް ހިޔާ ފްލެޓްގައި ބެހެއްޓުމަށް ތައްޔާރުވަމުންދާ ގޭސް ސިސްޓަމާއި ބެހޭގޮތުން އާއްމުންނަށް ވަނީ ގި ނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން މި ސްޓޯލްގައި ޑާރޓްބޯޑެއް ބަހައްޓާފައި ހުރިއިރު، މަޝްހޫރު ކޮމީޑިއަން ކާއްޓޭ ވަނީ ކޮންމެ ރެއަކުވެސް ސްޓޯލްގައި ހަރަކާތްތެރިވެ ލައިވް ޓޯކް ޝޯވްއެއްވެސް ހުށައަޅައިދީފައެވެ.

ފަހާމާސް ސްޓޯލް- ފޮޓޯ: ވޮއިސް

ފަހަމާސް:

ހޯމް އެޕްލިކެންޓްސް، ހާޑްވެއަރ އަދިވެސް ގިނަ ސާމާނުތަކެއް ރާއްޖެއަށް އެތެރެކުރާ ފަހަމާސް ގްރޫޕުން ވަނީ ލިވިންގ އެކްސްޕޯ 2021ގައި ސްޓޯލެއް ބަހައްޓާފައެވެ. މި ސްޓޯލްގައި އެކުންފުނިން ވަނީ ގޭގޭގައި ބޭނުންކުރާ ހޯމް އެޕްލިކެންޓްސްގެ އިތުރުން، އާ ސްމާޓް ޓީވީއަކާއި ގަލްފް ބްރޭންޑްގެ ތެޔޮވެސް ޑިސްޕްލޭކޮށްފައެވެ. އެކުންފުނީގެ ސްޓޯލަށްވެސް ވަނީ އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. 

ލިވިންގ އެކްސްޕޯ 2021ގައި ވަނީ ރިއަލް އެސްޓޭޓްގެ މުހިންމު މަޝްރޫއުތަކުގެ އިތުރުން، ގެއެއް ގަތުމާއި އެގެއެއް ފުރިހަމަކުރުމަށް ބޭނުންވާނެ ގިނަ ވަސީލަތްތަކެއް އެއް ތަނަކުން ދައްކާލާފައެވެ. މި އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުން ވަނީ އެކްސްޕޯގެ ސްޓޯލްތަކާއި މެދު ހިތްހަމަޖެހޭކަމަށް ފާހަގަކޮށް، މިފަދަ އެކްސްޕޯތައް ގިނައިން ބޭއްވުމަކީ މުހިންމު ކަމެއްކަމަށް ފާހަގަކޮށްފައެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.