ޓޫރިސްޓް ވިސާގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހުއްޓުވަން މަސައްކަތްކުރަން: ހަނަފީ

08 Jul 2019 | 14:43

ރާއްޖެއަށް އައިސް ޓޫރިސްޓް ވިސާގައި މަސައްކަތްކުރާ ބިދޭސީން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްެޖެއެވެ.

ހަަނަފީ ވިދާޅުވީ ޓޫރިސްޓް ވިސާގައި ރާއްޖެއަށް އައިސް، ޚާއްސަކޮށް ޕްރޮފެޝަނަލް ގިންތިތަކުގައި މަސައްކަތްކުރާ ބިދޭސީން ހުއްޓުވާ އެ ފަރާތްތައް ފޮނުވާލުމަށް ރައްޔިތުންނާއި ގުޅިގެން އިމިގްރޭޝަނުން އަބަދުވެސް މަސައްކަތްކުރާ ކަމަށެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އެރައިވަލްގައި މިފަދަ ކަމަކަށް ކިރިޔާވެސް ތުހުމަތުކުރެވޭ ފަރާތެއް ފާާހަގަވެއްޖެނަމަ ރާއްޖެ އެެތެރެވުމުގެ ހުއްދަ ނުދީ ފޮނުވާލާކަމަށެވެ.

ހަނަފީ ވަނީ ޓޫރިސްޓް ވިސާގައި މަސައްކަތް ކުރުމަށް ރާއްޖެއަށް އައިކަމަށް ފާހަގަކުރެވިގެން އަނބުރާ ފޮނުވާލި ފަރާތްތަކުގެ ތަފާސްހިސާބުތައް ހާމަކުރައްވާފައެވެ.

އެގޮތުން އެއާއި އެހެނިހެން ސަބަބުތަކާއި ގުޅިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ އެވްރެޖްކޮށް މަހަކު 139 މީހުން އަނބުރާ ފޮނުވާލެވޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ. މިފަދަ ކަންކަމުގެ މައުލޫމާތުދީ އެކަން ހުއްޓުުވުމަށް ހަނަފީ ވަނީ އެދިލައްވާފައެވެ.

Advertisement

ކޮމެންޓް