ދާއިމީ ނަތީޖާ އިއުލާން ކުރާތާ 14 ދުވަސް ތެރޭ އިންތިހާބާ ބެހޭ މައްސަލަތައް ހުށަހަޅަންޖެހޭ: މާރިޔާ

17 Oct 2018 | 10:30

އިންތިހާބާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ދާއިމީ ނަތީޖާ އިއުލާން ކުރާތާ 14 ދުވަސް ތެެރޭގައި އިންތިހާބާ ބެހޭ މައްސަލަ އެއް އޮތިއްޔާ ހުށައަޅަން ޖެހޭނެ ކަމަށާއި އެ މުއްދަތު ފަހަނައަޅައި ގޮސްފިނަމަ ދެން އެފުރުސަތެއް ނުލިބޭނެކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

"ގާނޫނު ނަންބަރު 2008/11 އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 64 ގެ (ނ) ގައިވަނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަސް ތެރޭގައި ހައި ކޯޓަށް މައްސަލަ ހުށަހަޅަން. އެބައެއްގެ ވަކީލު ނިންމާނީ ކޮން ކޯޓަކަށްތޯ މައްސަލައިގަ ދާނީ. މުއްދަތު ފަހަނައަޅާ ދިޔާމަ ކުލެއިމް ނިމުނީ" މާރިޔާ ވިދާޅުވިއެވެ.

ގާނޫނުގައި ވާ 14 ދުވަސް ވަނީ އޮކްޓޯބަރ 13 ވަނަ ދުވަހަށް ހަމަވެފައެވެ.

އިލެކްޝަން ކޮމިޝަނުން ރަސްމީ ނަތީޖާ އިއުލާން ކޮއްފައިިވަނީ ނިމިގެންދިޔަ ސެޕްޓެމްބަރ މަހުގެ 29 ވަނަދުވަހުއެވެ.

މާރިޔާ މިހެން ވިދާޅުވފައި މިވަނީ އިއްޔެ ޕީޕީއެމްގެ ފަރައިތުން ހައިކޯޓަށް ހުށައެޅުއްވި މައްސަލައާ ގުޅިގެންނެވެ.

މިމައްސަލައިގައިވަނީ ވޯޓަލާން ބޭނުންކުރި ކަރުދާހުގެ ސަބަބުން ފާހަގަތައް ފޭދޭކަމަށެވެ.

އެހެންކަމުން ކެނޑިޑޭޓް ނަންބަރ އެކަކާ ދިމާލުގައި ފާހަގަ ޖެހުމުން ކެންޑިޑޭޓް ނަންބަރު ދޭކާއި ދިމާއަށް އެ ފާހަގަ ފޭދޭ ކަމަށާއި، ކެނޑިޑޭޓް ނަންބަރު ދޭކާ ދިމާގައި ފާހަގަ ޖެހުމުން، ކެނޑިޑޭޓް ނަންބަރު އެކަކާ ދިމާއަށް ފާހަގަ ފޭދޭ ކަމަށް މުއުތަބަރު ހެކި ލިބިފައިވާ ކަމަށެވެ.

ކެނޑިޑޭޓް ނަންބަރު އެކަކަށް ލިބުނު ވޯޓަކީ ކެނޑިޑޭޓް ނަންބަރު ދޭކަށް ލިބުނު ވޯޓްކަމުގައި ހަމަޖައްސައިދީ، ކެނޑިޑޭޓް ނަންބަރު ދޭކަށް ލިބުނު ވޯޓަކީ ކެންޑިޑޭޓް ނަންބަރު އެކަކަށް ލިބުނު ވޯޓްކަމުގައި ހަމަޖައްސައި ދިނުމަށްވެސް އެދިފައިވެއެވެ.

Advertisement

ކޮމެންޓް