ބީއެމްއެލްގެ ހަދިޔާ: ނެއްލައިދޫގައި ކޮމިއުނިޓީ ޕާކެއް!

09 Jul 2019 | 13:25

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހއ.ނެއްލައިދޫގައި ކޮމިއުނިޓީ ޕާކެއް ހުޅުވައިފިއެވެ.

މި ޕާކްގެ މަސައްކަތް އެ ބޭންކުން ކޮށްފައިވަނީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ހަރަދުގައެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭގޮތުގައި މި ޕާކް ހުޅުވާފައިވާނީ ޖަޒީރާާ ދިރިއުޅުމެއް ސިފަވާ ގޮތަށެވެ.

އެގޮތުން މިތަނުގައި މަސް ފިހުމާއި ބާބިކިއު ހަދާލައި ކުޑަކުދިން ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އަދި މިތަނުގައި ފަނުން ހިޔާކޮށްފައިވާ ހަޓުތަކާއި ބޮޑެތި އުނދޯލި ތަކާއި ހޮޅުއަށި އަދި ޖޯލިފަތިތައް އެލުވާފައި ހުރެ އެެވެ.

މިޕްރޮޖެކްޓް ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ނެއްލައިދޫއަށް ހޯދައި ދިނުމުގައި އެންމެ އިސްކޮށް އުޅުނު އެރަށު ހާމިދު ރަޝީދު ވިދާޅުވީ، “މިހާރު މި ރަށަކު ނެތް ހުރިހާ މީހުން އެއްކޮށް ގޮސް ކުޅެލެވޭނެ ތަނެއް. މިއީ އާއިލާއެއްކޮށް ގޮސް ކުޅެލަން ދެވޭނެ ރަނގަޅު ތަނަކަށްވާނެ. ބާބިކިއު ހަދަން ކުޑަކުދިން ގޮވައިގެން ވެސް ހަމަދާންވީ. ދޮންވެލިލާފައި މިތަން ހުންނާނީ، އެހެންވެ ކުޑަކުދިން ގޮސް ދޫކޮށްލާންވީ” ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement