މަޝްރޫއުތަކަކާއި ގުުޅުންހުރި ފައިސާތަކެއްވެސް ރައީސް ޔާމީންގެ އެކައުންޓަށް ވަތްކަމުގެ ތުހުމަތު!

09 Jul 2019 | 16:54

މިދިޔަ ސަރުކާާރުން ހިންގި ބައެއް މަޝްރޫއުތަކަކާއި ގުޅުންހުރި ފައިސާތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިފަދަ މައްސަލައެއް ހާމަވެ، އެކަން ތަހުގީގުކުރަމުންދާކަން އޭސީީސީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ބުނެފައެެވެ.

އެމްއެމްޕީއާރްސީގެ ޚާއްސަ އޮޑިޓް ރިޕޯޓާއި ބެހޭގޮތުން އެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ބޭންކް އެކައުންޓްގެ ތަފްސީލްތައް ދާދިފަހުން އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ އެކައުންޓަށް ގިނަ އަދަދެއްގެ ނަގުދު ފައިސާ ވަދެފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކަކާއި އެކު ޝައްކުކުރެވޭ މުއާމަލާތްތަކެއްވެސް ހުރިކަމަށް މުއައްވިޒް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދައުލަތުގެ ތިން ޕްރޮޖެކްޓަކާއި ގުޅުންހުރި ފައިސާތަކެއް ހުރެގެން އެ މައްސަލަތައްވެސް ދަނީ ތަހުގީގުކުރަމުންނެވެ.

އެ ތިން މައްސަލަވެސް ތަހުގީގު ކުރަމުންދަނީ ވަކިވަކިންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މިއީ އެސްއޯއެފްއިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިޔަން ޑޮލަރުގެ އިތުރުން ޖަމާވި ފައިސާތަކެއްކަން ފާހަަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް