ރައީސް ޔާމީންގެ މައްޗަށް އަނެއްކާވެސް މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއެއް!

Share on facebook
Share on twitter
Share on telegram
Share on whatsapp

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން މަންފާވެފައިވާކަމަށް ބުނެ، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އަނެއްކާވެސް މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެއް އުފުލައިފިއެވެ.

މިއީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އުފުލި 3 ވަނަ ފަހަރެވެ. މީގެ ކުރިން ދަޢުވާ އުފުލާފައިވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ.ވޮޑަމުއްލާ އަދި ރ.ފުއްގިރި ވިއްކާލުމުން ދައުލަތަށް ލިބެންވާ ފައިސާ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތާއި ގުޅިގެންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ރައީސް ޔާމީނާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައެއްގައި އެ ދެ މީހުންގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.

މިވެސް ކިޔާލާ:

އެގޮތުން ރައީސް ޔާމީންގެ މައްޗަށް ކުރާ ދަޢުވާތަކަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އަދި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

އަދި ޔޫސުފް ނަޢީމްގެ މައްޗަށް ކުރާ ދަޢުވާއަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.

މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާއެއް ސާބިތުވެ ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ 5 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެ މައްސަލައިގެ ފަހު އިސްތިއުނާފީ މަރުހަލާ ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، އެމަނިކުފާނު ވަގުތީ ގޮތުން ހުންނެވީ ގޭބަންދުގައެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.