ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް

ޕީޖީ ޝަމީމްގެ ޗެޓްލޮގްތަކާއި އެކު ދައުލަތް ބޭޒާރުވަނީ!

Share on facebook
Share on twitter
Share on telegram
Share on whatsapp

ޔޫތް މިނިސްޓްރީގެ ޕާސަނަލް އެސިސްޓެންޓް އަޒްމޫން އަހްމަދުއާއި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިންް ޝަމީމް އާއި ދެމެދު ވާހަކަ ދެކެވިފައިވާ ޗެޓްލޮގްތަކެއް އާންމުކުރައްވައި "ދައުލަތް އޮރިޔާން"ކުރުމުގެ މަސައްކަތް ޔޫތްް މިނިސްޓަރ އަހުމަދު މަހްލޫފް ފައްޓަވައިފިއެވެ.

މިނިސްޓަރ މަހްލޫފް "ދައުލަތް އޮރިޔާން"ކުރައްވާނެކަމުގެ އިންޒާރު ދީފައި ވަނީ އެންމެ ފަހުން ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންްތިހާބުގެ ތެރެއިން އޭނާއަކީ ހިޔާނާތުގެ މައްސަލާގައި ހިމެނޭ މީހެއް ކަމަށް ބުނެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށް އެޕާޓީން ނިންމި ހިސާބުންނެވެ. ނަމަވެސް ފަހުން މަހްލޫފްއަށް އެ ފުރުސަތު ދިނުމުން އެވަގުތަށް އެ ވާހަކަތައް ވަނީ ހުއްޓިފައެވެ.

މިހާރު މަހްްލޫފްގެ މައްޗަށް ދައުވާކޮށްފައިވާ އިރު، މަހްްލޫފްް ރޭ ވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންްޓުން އަޒްމޫން އާއި ޕީޖީ ވާހަކަ ދައްކަވާފައިވާ ޗެޓްލޮގްތަކެއް އާންމުކޮށްފައެވެ.

ޗެޓް ލޮގުން ފެންނަނީ 110 ދުވަސް ވީއިރުވެސް ގޮތެއް ނުނިންްމުމުމްް އަޒްމޫން ކަންބޮޑުވުންފާޅުކުރައްވާފައިވާ މެސެޖެކެވެ. އެއަށް ފަހު މިނިސްޓްްރީގައި ތިއްބެވީ ހައްތަހާވެސް މުއްތަހަމުންް ކަމަށާއި، އެފްއޭއެމްްގެ ރައީސް ބައްސާމްވެސް މުއްތަހަމްކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައި ވެއެވެ.

ޝަމީމް ވަނީ ގޮތެއް ނުނިންމާ 900 ދުވަސް ވިޔަސް "މިއީ ބޭކާރު ގޮތުގާ ފުއްްޕީމަ ވާގޮތްް ކަމަށާއި، ފުލުހުންވެސް މިހާރު ހަމްދަރުދީ ނުވާކަމަށްް" ވިދާޅުވެފައެވެ. އޭގެ ޖަވާބުގައި އަޒްމޫންް ވަނީ މިހާރު "ނުފުއްޕާ"ކަމަށާއި، މިހާރު "ފުއްޕަފުއްޕާފައި ސައިޒްވެއްޖެ" ކަމަށް ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާ އެކި މީހުންނަށް ބެހިކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން މަހްލޫފްގެ އެކައުންޓަށް 33000 އެމެރިކާ ޑޮލަރު (ފަސްލައްކަ ދިވެހި ރުފިޔާ) ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓްގައި ވަނީ ބުނެފައެެވެ. ނަމަވެސް މަހްްލޫފް ވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ވިދާޅުވެފައެވެ.

މި މައްސަލާގައި އެސްއޯއެފްގެ ދައުރު ބޮޑު ނަމަވެސް އެސްއޯއެފްއަށް ދައުވާ ނުކުރުމަށް ޕީޖީ އއޮފީހުން ވަނީ ނިންމާފައެވެ.

75%0%25%

ކިޔުންތެރިންގެ ޚިޔާލުތައް

  1. ﷲ އަށް ބިރުވެތިވެ ޢަދުލު އިންސާފް ގާއިމް ކުރަން ބޭނުންވާ ވެރިން ޤައުމުން މިހާރު ނުފެނުމަކީ ޢިލްމު އަރުއްވައިގެންފި ކަން ރަމްޒު ކޮށްދޭ ހެއްކެއް! ޢަދުލުވެރިކަން ގުޅި ލާނެހިފަ އޮތީ އިސްލާމްދީނާއި ކަމަށް ވީ އިރު މުސްލިމުން ﷲއަށް ބިރުވެތި ނުވެ ޒާތީ ވުމަކީ ﷲގެ ކޯފާ ހައްގު ވެދާނެ ކަމެއް. ވ. ބިރުބޮޑު.!

  2. ﷲ އަށް ބިރުވެތިވެ ޢަދުލު އިންސާފް ގާއިމް ކުރަން ބޭނުންވާ ވެރިން ޤައުމުން މިހާރު ނުފެނުމަކީ ޢިލްމު އަރުއްވައިގެންފި ކަން ރަމްޒު ކޮށްދޭ ހެއްކެއް! ޢަދުލުވެރިކަން ގުޅި ލާmeހިފަ އޮތީ އިސްލާމްދީނާއި ކަމަށް ވީ އިރު މުސްލިމުން ﷲއަށް ބިރުވެތި ނުވެ ޒާތީ ވުމަކީ ﷲގެ ކޯފާ ހައްގު ވެދާނެ ކަމެއް. ވ. ބިރުބޮޑު.!

ހިޔާލު ދެއްވާ!

Your email address will not be published.