މިދިޔަ އަހަރުގެ އަންވެއިލިން ވިޝަން މައުރަޒުގެ ތެރެއިން - ފޮޓޯ: ވަގުތު

ޑިސެމްބަރު މަހުގެ 4 އިން ފެށިގެން "އަންވެއިލިން ވިޝަން" ބާއްވަނީ

Share on facebook
Share on twitter
Share on telegram
Share on whatsapp

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އާޓް އެގްޒިބިޝަން "އަންވެއިލިން ވިޝަންސް"ގެ މި އަހަރުގެ މައުރަޒު އަންނަ މަހުގެ 4 އިން 14އަށް ނެޝެނަލް އާޓް ގެލެރީގައި ބާއްވަން ނިންމައިފި އެވެ.

ފަންނުވެރި އެކި މަސައްކަތްތަކަށް ޝައުގުވެރިކަން ހުންނަ ކުޅަދާނަ ފަރާތްތަކަކާއި އެކު ކޮންމެ އަހަރަކު ބާއްވަމުުން އަންނަ މި މައުޒަރަކީ ގިނަ ޒުވާނުންތަކެއްް ބައިވެރިވެ އެމީހުންގެ ހުނަރުތައް ދައްކާލާ މައުރަޒެކެވެ. މި މައުރަޒުގައި އަލަށް ދާއިރާއަށް ނިކުންނަ ފަރާތްތަކާއި، ދާއިރާގައި ގިނަ ދުވަސްވީ މީހުންް ބައިވެރިވެއެވެ.

މިވެސް ކިޔާލާ:

މި އަހަރުގެ އެގްޒިބިޝަންގައި 80އަށް ވުރެ ގިނަ އާޓިސްޓުންގެ މަސައްކަތް ފެނިގެންދާނެއެވެ.

މިއަހަރުގެ އަންވެއިލިން ވިޝަން ގެންދާނީ 7 ބަޔަކަށް ބަހާލައިގެންނެވެ. އެެއީ:
  • ޑްރޯވިން
  • ޕެއިންޓިން
  • ޑިޖިޓަލް އާޓް
  • ކެލިގްރަފީ
  • ސްކަލްޕްޗާ
  • އިންސްޓޮލޭޝަން
  • މިކްސްޑް މީޑިއާ

ކޮންމެ އަހަރުކު ވެސް ދެމުން އަންނަ "ދަ މޯސްޓް ވައިބްރަންޓް އާޓިސްޓް އެވޯޑް" މި އަހަރު ވެސް ދޭނެއެވެ. މިއީ އާޓިސްޓުންނަށް އެމީހުންގެ ހުނަރު ދައްކާލާ އެމީހުންގެ އުފެއްދުންތައް ވިއްކާލުމަށްވެސް ލިބޭ ރަނުގެ ފުރުސަތެކެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.