އެމްއެންޕީގެ ލީޑަރޝިޕް

އެމްއެންޕީއަށް 10،000 މެންބަރުން ހަމަކޮށްފައިވާކަމަށް ބުނެފި

Share on facebook
Share on twitter
Share on telegram
Share on whatsapp

ދާދި ފަހުން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އަށް 10،000 މެންބަރުންގެ ސޮއި ހުށަހަޅައިފިއެވެ.

އެމްއެންޕީއަށް 10,000 މެންބަރުން ހަމަވެފައިވާކަން އިއުލާނު ކުރައްވާ، ޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, އެމްއެންޕީއަކީ ކުރިމަގު އުޖާލާ ޕާޓީއެއް ކަމަށާއި އަދި ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10,000 އަށް އިތުރުކުރުމަށް ޓަކައި މަސައްކަތް ކޮށްދެއްވި ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މެންބަރުން ހަމަކުރުމަށް އެކި ދުވަސްް މަތިން އެމްއެންޕީން ފޯމުތައް ހުށަހަޅާފައިވާކަމަށެވެ. 10،000 މެންބަރުން ހަމަވިކަން އިއުލާންކުރާނީ ފޯމުތައއް ޕްރޮސެސްްކޮށް ނިމުމުން ކަމަށް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

މިވެސް ކިޔާލާ:

އެމްއެންޕީން ވަނީ އެޕާޓީ އުފެއްދުމުގެ ހުއްދަ ދިންތާ ދެ މަހެއްހައި ދުވަސް ތެރޭގައި 5،000 ސޮއި ހަމަކޮށްފައެވެ. އެ ޕާޓީ ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. އަދި މިދިޔަ މަހުގެ ކުރީކޮޅު އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ވަނީ ބާއްވާފައެވެ.

އެމްއެންޕީއަށް 10,000 މެންބަރުން ހަމަކުރުމުން, ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އެ ޕާޓީއަށް މިހާރު ލިބޭނެއެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.