އިޒްރޭލުގެ އެތުލީޓުންނަށް މެލޭޝިއާއިން ވިސާނުދިން މައްސަލަ ފެންމަތިވެއްޖެ

Share on facebook
Share on twitter
Share on telegram
Share on whatsapp

މެލޭޝިއާގައި އަންނަ މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ސްކްއޭޝް މުބާރާތުގައި ބައިވެރިވުމަށް އެގައުމަށް ދާ އިޒްރޭލުގެ އެތްލީޓުންނަށް މެލޭޝިއާއިން ދެކޮޅު ހެދި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ވޯލްޑް ސްކްއޭޝް ފެޑެރޭޝަން (ޑަބްލިއުއެސްއެފް) އިން ބުނީ، އިޒްރޭލުގެ އެތުލީޓުނަށްް ވިސާ ދިނުމަށް މެލޭޝިއއާ އިންް ދެކޮޅު ހެދިކަން އެނގޭކަމަށާއި، އެހެން ނަމަވެސް އެކަމަށް އަދި މެލޭޝިއާއިން އެއްބަސްްވެފައި ނުވާކަމަށެވެ. މަސައްކަތް ކުރަނީ މެމްބަރު ހުރިހާ ގައުމަކަށް ވެސް ބައިވެރިވެވޭ ގޮތަށް މުބާރާތް ބޭއްވުމަށް ކަމަށް މިކަމާއި ގުޅިގެން ޑަބްލިއުއެސްއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިވެސް ކިޔާލާ:

ޑަބްލިއުއެސްއެފް އިން ބުނީ މެލޭޝިއާގެ ފެޑެރޭޝަނާ އެކު މަޝްވަރާ ފަށާފައިވާ ކަމަށާއި އިންސާފުވެރި ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ޑަބްލިއުއެސްއެފް އިން ހައްލެއް ހޯދައިނުދެވިއްޖެ ނަމަ ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރަށް ތިބިކަން އިޒްރޭލުން ވަނީ ހާމަކޮށްފައެވެ. ކުޅިވަރާއި ސިޔާސީ ކަންކަން ގުޅުވުމަކީ ވަރަށް ލަދުވެތި ކަމެއްކަމަށް އިޒްރޭލުގެ އެސޯސިއޭޝަންގެ ޗެއާމަން އަވީވް ބުޝިންސްކީ ވިދާޅުވި އެވެ.

އިޒްރޭލުގެ އެތުލީޓުންނަށް ވިސާ ދިނުމަށް މެލޭޝިއާއިން ދެކޮޅު ހަދާއިރު އެގައުމަކީ މެދު އއިރުމަތީ ހަނގުރާމައިގައި އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކާ ދުއްތުރާތަކާ ދެކޮޅަށް ފާޅުގައި އަޑު އުފުލާ ގައުމެކެވެ.

0%0%0%

ކިޔުންތެރިންގެ ޚިޔާލުތައް

  1. ދުނިޔެ ބަލައިގެންފައިވާ ޤާނޫނު ތަކާ ޚިލާފަށް ބަޔަކު އަޅުވެތިކުރުން ލަދުވެތި ކަމަކަށް ނުވި. އިޒުރޭލަކީ އިންސާފު ދަންނަ ބައެއްވެސް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published.