އިލެކްޝަން ކޮމިޝަން ރައީސް ފުވާދު--- ފޮޓޯ: ވަން

ސުވަދީބު ޕާޓީ ހެދުމަށް ހުއްދަ ނުދޭން ނިންމައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp

”އެކުވެރި ސުވަދީބު ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ނުދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިިފިއެވެ.

”އެކުވެރި ސުވަދީބު ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި މި މަހުގެ 15 ވަނަ ދުވަހު އީސީއަށް ހުށަހެޅީ ރަސްގެދަރު/ސ.ހުޅުދޫ މުޙައްމަދު ޔާސީން އެވެ.

އީސީން އޭނާއަށް އިއްޔެ ފޮނުވި ސިޓީގައި ބުނީ، ޔާސީން ކިޔަން ނިންމި ނަމަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްކުރެވޭ ނަމެއްކަމަށްވާތީ، ސިޔާސީ ޕާޓީއަކަށް ކިޔަން އެ ނަން އެކަށީގެންނުވާކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން ”އެކުވެރި ސުވަދީބު ޕާޓީ“ ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދެވެން ނެތް ކަމަށެވެ.

މިވެސް ކިޔާލާ:

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުގައި "ސިޔާސީ ޕާޓީއެއްގެ ނަމުގައި، މީހެއްގެ އަމިއްލަ ނަން ނުވަތަ ވަނަން ނުވަތަ ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކަށް ނުވަތަ ވަކި އަތޮޅަކަށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި އަވަށަކަށް ކިޔާ ނަން ހިމަނައިގެން ނުވާނެ" އެވެ.

ސުވަދީބަކީ އިހު ޒަމާނުގައި އެންމެ ދެކުނުން އޮންނަ އައްޑޫ، ފުވައްމުލައް އަދި ހުވަދޫ މި ތިން އަތޮޅަށް ކިޔައި އުޅުނު ނަމެކެވެ. އެހެންކަމުން ޕާޓީއަށް ކިޔަން ހުށަހެޅި ނަމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފު ނަމެއް ކަމަށް އިލެކްޝަނުން ނިންމީ އެވެ.

0%0%100%

ހިޔާލު ދެއްވާ!

Your email address will not be published.