އައިޖީއެމް ހޮސްޕިޓަލް--- ޕޮޓޯ: އަވަސް

އައިޖީއެމްއެޗްގައި ހުރި ފަންޑުފޮށި ވަގަށް ނަގައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ބަހައްޓާފައި ހުރި ފަންޑުފޮށި ވަގަށް ނަގައިފިއެވެ.

"ހެލްތު ޓްރަސްޓް ފަންޑު" އަށް ފައިސާ ހޯދުމަށް އައިޖީއެމްއެޗްގައި ބަހައްޓާފައިވާ ފަންޑުފޮށި ވަގަށް ނަގާފައިވާކަން އެނގިފައިވަނީ މިއަދު ހެނދުނެވެ.

ފުލުހުން މިއަދު ބުނީ، އައިޖީއެމްއެޗްގައި ބަހައްޓާފައިވާ ފަންޑުފޮށި ވަގަށް ނަގާފައިވާކަމުގެ ރިޕޯޓު މިއަދު 10:40 އެހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުން ގެންދާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިވެސް ކިޔާލާ:

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުން ބުނީ، ފަންޑުފޮށި ވަގަށް ނަގާފައިވާކަން އެނގިފައިވަނީ މިއަދު ހެނދުނު ކަމަށާއި އެ ފޮށީގައި ހުންނާނީ ކިހާ ފައިސާއެއްކަން ބުނަން ނޭންގޭ ކަމަށެވެ.

އެކިއެކި ކަންކަމުގައި އެހީ ހޯދަން ތަންތަނުގައި ބަހައްޓާ ފަންޑުފޮށިތައް ވަގަށް ނެގުމުގެ އަމަލުތައް ދޭތެރެ ދޭތެރެއިން ހިންގައެވެ. އެގޮތުން، މިސްކިތް ފަދަ ތަންތަނުގައި ހުންނަ ފަނޑުފޮށިތައްވެސް ވަގަށް ގެންދިޔުމަކީ މަދުން ނަމަވެސް ހިންގާކަމެކެވެ.

0%50%50%

ހިޔާލު ދެއްވާ!

Your email address will not be published.