ޑިސެމްްބަރު މަހުގެ ތެރޭގައި އާއްމުންނަށް ކޮވިޑްް ވެެކްސިންގެ ބޫސްޓަރ ޝޮޓްދެނީ

Share on facebook
Share on twitter
Share on telegram
Share on whatsapp

އަންނަ ޑިސެމްްބަރު މަހުގެ ތެރޭގައި އާންމުންނަށް ކޮވިޑްް ވެެކްސިނުގެ ބޫސްޓަރ ޝޮޓް ދިނުމަށް ނިންމާފައިވާކަމަށްް ރައީސް އިބްްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެެއްޖެއެވެ.

އެފްރިކާއިން ފެތުރެން ފެށި ކޮވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ވޭރިއަންޓު ފެތުރެން ފެށުމާއިގުޅިގެންް ކުރެއްވި ޓްވީޓެއްގައި ރައީސް، ވިދާޅުވީ، ރާއްޖޭގައި ބަލި ޖެެހުމުގެެ ހިރާސް ބޮޑު ފަރާތްތަކަށް ބޫސްޓަރ ޝޮޓެއް ދެމުން އަންނަ ކަމަށެވެ. މި ޝޮޓް ދެމުންް އަންނަ ފަރާތްތަކުގެ ތެރޭގައި ހިމެެނެނީ އުމުރުން 50 އަހަރުން މަތީގެެ ފަރާތްތަކާއި، ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާގެެ އިސް ސަފުގައި މަސައްްކަތްް ކުރާ ފަރާތްތަކެެވެ

ރައީސް ވިދާޅުވީ އާންމު ފަރާތްތަކަށް ވެކްސިނުގެެ ބޫސްޓަރ ޝޮޓް ދިނުމުގެ ޕްރޮގްރާމް އަންނަ މަހުގެ ތެރޭޭގައި ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. މިހާރު މި ޝޮޓް ޖެހުމަށް ޝަރުތުަހަމަވާ ފަރާތްތަކުން ވީ އެންމެެ އަވަހަކަށް ބޫސްޓަރ ޝޮޓެއް ޖެހުމަށް ރައީސް ސާލިހް ގޮވާލެެއްވިއެވެ.

ރައީސް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓު ފެެތުރެން ފެށުމަކީ އަނެއްކާވެސް ބޮޑު ނުރައްކަލެެއް ކަމަށާއި، މިއަދު ޓެެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބާއްވާ ބައްދަލުވުމުގާ މި ވޭރިއަންޓާއި ގުޅިގެން އަޅާނެ ފިޔަވަޅުތައް ނިންމާނެ ކަމަށެވެ.

އޮމިކްރޯން ވޭރިއަންޓަކީ ކުރިން ފެެތުރުނު ވޭރިއަންޓުތަކާ ހިލާފަށް ބަލި ޖެެހިފައި ތިބި މީހުންނަށްވެސް މި ބަލި ޖެެހުމުގެެ ހިރާސް ބޮޑު ވޭރިއަންޓެކެެވެ. މިހާރު ބައެއް ގައުމުތަކުން އެފްރިކާގެ ބައެއް ޤައުމުތަކުން އެތެެރެވާ މީހުން 14 ދުވަހަށް ކަރަންޓީން ކުރުން ފަދަ ފިޔަވަޅުތައް އަންނަަނީ އަޅަމުންނެެވެެ. އަދި ބައެއް ޤައުމުތަކުން މީހުން އެތެރެވުންވެސް ވަނީ މަނާކޮށްފައެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.