އާއްމު މަޖިލީހުގެ ރައީސް ޝާހިދު، ޗައިނާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

Share on facebook
Share on twitter
Share on telegram
Share on whatsapp

އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު، ޢާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ޚާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި، މަލްޓިލޭޓަރަލިޒަމް، އދގެ ހިންގުން ހަރުދަނާކުރުން އަދި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އާ ބެހޭ ގޮތުން މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ޗައިނާގެ ތާއީދު އެބައޮތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި މިއަދު ވަނީ ޗައިނާގައި ޤާއިމްކޮށްފައިވާ އދގެ އޮފީސްތަކުގެ ޓީމްތަކާ ބައްދަލުކުރައްވާފައެވެ. އަދި ޗައިނާގެ ފޮރިން އެފެއަރޒް ޔުނިވަރސިޓީގައި ޒުވާން ޑިޕްލޮމެޓުންނާއެކު ވަރޗުއަލްކޮށް ބައްދަލުކުރައްވައި، ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން އޯލް ޗައިނާ ވިމެން ފެޑެރޭޝަންއާއިވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަކީ މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި ޚާއްސަ އިސްކަމެއް ދެއްވާ ކަންތައްތަކެކެވެ.

މިވެސް ކިޔާލާ:

ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ކުރީކޮޅު ޗައިނާއިން ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުން މަޑުޖައްސާލި ފަހުން، މިނިސްޓަރ ޝާހިދަކީ އެޤައުމުން ބޭރުގެ އިއްޒަތްތެރިއަކަށް މަރުޙަބާކީ ފުރަތަމަ އެއް ބޭފުޅާއެވެ. ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު މިކުރައްވާ ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓަރގެ ހައިސިއްޔަތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާއަށް މިނިސްޓަރ ޝާހިދު ދަތުރުކުރައްވައި، ފޮރިން މިނިސްޓަރ ވާންގް ޔީ ގެ އިތުރުން އެޤައުމުގެ ނައިބު ރައީސް އާ ބައްދަލުކުރެއްވިއެވެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.