އޮމަކްރޯން ވޭރިއަންޓް: ރާއްޖެއިން އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން މިއަދު ގޮތެއް ނިންމަނީ

Share on facebook
Share on twitter
Share on telegram
Share on whatsapp

ދެކުނު އެެފްރިކާއިން ފެތުރެން ފެެށި ކޮވިޑް-19ގެ އޮމަކްރޯން ވޭރިއަންޓާއި ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެެދު މިއަދު ގޮތެއް ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެެއެވެ.

އޮމަކްރޯން ވޭރިއަންޓު ފެެތުރެންް ފެށުމާއި ގުޅިގެންް މިއަދު ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ، ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާއި މެދު މިއަދު ގޮތެެއް ނިންމާނެ ކަމަށެވެ. ޓެކްނިކަލްް އެޑްވައިޒަރީ ގްރޫޕުގެ  ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ނިންްމާފައެެވެެ.

ދެކުނު އެފްރިކާއިން ފެތުރެން ފެށި އޮމިކްރޯން ވޭރިއަންޓަކީ ހުރިހާ ގޮތަކުންވެސް ނުރައްކާތެެރިކަން ބޮޑު ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ނިންމާފައެވެ.

މިވެސް ކިޔާލާ:

ކޮވިޑް-19 އަކީ ކުރިންް ބަލި ޖެހިފައި ތިބޭ މީހުންނަށް ބަލި ޖެހުުމުގެ ފުރުސަތު ކުޑަ ބައްޔެއް ނަަމަވެސް މި ވޭރިއަންޓުގެ ބިރުވެެރިކަން ކުރިން ބަލި ޖެހިފައި ތިބި ފަރާތްތަކަށް ވެސް ބޮޑެވެ. މިއީ ފަސޭހައިން ފެެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުު ވޭރިއަންޓެކެވެ.

މި ވޭރިއަންޓު ފެތުރެން ފެށުމާއި ގުޅިގެން ބައެއް ގައުމުތަކުން ބޯޑަރުތައް ބަންދުކުރަން ފަށާފައިވާއިރު، ރާއްޖެއަކީ އެފަދަ ފިޔަވަޅެއް އެޅުމަށް ދަތި ގައުމެކެވެ.

ރައީސް ސާލިހް މިއަދު ވަނީ އަންނަ މަހުގެ ތެރޭގައި އާންމުންނަށް ކޮވިޑް ވެކްސިނުގެ ތިންވަނަ ޑޯޒެއް (ބޫސްޓަރ ޝޮޓް) ދިނުން ފަށާނެ ކަމަށް އިއުލާންކުރައްވާފައެވެ. މިހާރުވެސް އުމުރުން 50 އަހަރުން މަތީގެ މީހުންނާއި، ސިއްހީ އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ބޫސްޓަރ ޝޮޓް ދިނުން ވަނީ ފަށާފައެވެެ.

0%0%0%

ހިޔާލު ދެއްވާ!

Your email address will not be published.