Advertisement

ޕްރޮފައިލް ފޮޓޯ ކަޅުކުރި ފުލުހުންނާއި މެދު ފިޔަވަޅު އަޅަން ނިޔާޒު ގޮވާލައްވައިފި

10 Jul 2019 | 12:55

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ޑީއީޑީގެ ހަތް އޮފިސަރަކު ސަސްޕެންޑްކުރުމާއި ދެކޮޅަށް، ފޭސްބުކްގެ ޕްރޮފައިލް ފޮޓޯ ކަޅުުުކުރަމުންދާ ފުލުހުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅުނު "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް" އަށް ބަހުސް ކުރައްވަމުންނެވެ.

ނިޔާޒު ވިދާޅުވީ ޑިސިޕްލިނަރީ ފިޔަވަޅެއް ހަ ފުލުހުންނާއި ދެކޮޅަށް އެޅުމުން ޕްރޮފައިލް ކަޅު ކުރި މީހުންގެ ނިޔަތުގައި އޮތީ ކޮންކަޅުކަމެއްތޯ ބަލަންޖެހޭކަމަށާއި އެމީހުންނާ މެދު ފިޔަވަޅު އެޅެން އެބަޖެހޭކަމަށެެވެ.

" ވިސްލް މިއޮތީ ބްލޯ ކުރެވިފައި، ދެން އެކަންބަލަންވީ، ކަމެއްވާއިރަށް ޕްރޮފައިލް ކަޅުނުކޮށް، ތެދުވެރިކަމާއެކު ހިދުމަތްކުރާނޭ ނޫކަށިފުރައިގެ ޒުވާނުން ރާއްޖޭގައި އެބަތިބި. މި ގައުމު ބޭނުންވަނީ ސާފު ހުދު ޕްރޮފައިލާއެކު މަސައްކަތް ކުރާ މީހުން"، ނިޔާޒު ވިދާޅުވިއެވެ.

މިއަދުގެ ބިލަށް އިޝާރާތްކުރައްވަމުން ނިޔާޒު ވިދާޅުވީ ކުށެއް ފަޅާއަރުވާލުމަކީ ކުށަކަށްވާނަމަ، ކުށް ބަޔާންކޮށް އަދަބު ކަނޑައަޅާ ގާނޫނު ހެދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

Advertisement

ކޮމެންޓް