ޖާބިރުގެ ރުޅިގަނޑު މިފަހަރު އަލީ ވަހީދަށް: ކެސީނޯ ނާޅަންވީ ކީއްވެ؟

10 Jul 2019 | 14:26

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުން ހޫނުވެ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ޒުވާބުފުޅު ކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުވުން ހޫނުވެގެންދިޔައީ ރާއްޖޭގައި ކެސީނޯ ހިންގަން ހުއްދަ ދެއްވާނެތޯ ޖާާބިރު އެއްސެވުމުން، އޭގެ ޖަވާބުގައި ކެސީނޯ ހިންގަން ހުއްދަ ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް އަލީ ވަހީދު ވިދާޅުވުމުންނެވެ.

ޖާބިރު އެހިސާބުން ވަނީ ރުޅިއައިސް ގޮނޑިން ތެދުވެ، ރާއްޖޭގައި ބަނގުރާާ ވިއްކަނީ ކޮން ގާނޫނަކުންތޯ ތަކުރާރުކޮށް ސުވާލު އުފައްދަވާާފައެވެ.

"ސުންނީ މުސްލިމް ގައުމެއްގައި ބަނގުރާ ވިއްކަނީތޯ؟ ބަންދުކުރޭ އިނގޭތޯ" ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވަނީ ރާއްޖޭގައި ކެސީނޯ ނާޅާންްވީ ކީއްވެތޯ ސުވާލު އުފައްދަަވައި ރާއްޖޭގައި ބަނގުރަލާއި އޫރުމަސްވެސް ވިއްކުން ހުއްޓާލަންފެނޭ ކަމަށް ވިދާޅުވެފައެވެ. މިއަށްފަހު ޖާާބިރު ވަނީ ކޮމެޓީން ނުކުމެ ވަޑައިގަންނަވާފައެވެ.

Advertisement

ކޮމެންޓް