Advertisement

ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި މީހަކު މަރުވެއްޖެ

11 Jul 2019 | 01:42

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން މީހެއްގެ ބޮލަށް ސިމެންތި ކޮތަޅެއް ވެއްޓި، ބަންގްލަދޭޝްގެ ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 5:25 ހައިރު ހުޅުމާލޭ ސެންޓަރަލް ޕާކު ކައިރި، ބަގީޗާ ހިނގުމުގައި ''ޖާހު އިންވެސްޓްމެންޓް'' ކުންފުނިން ހަދަމުންދިޔަ އިމަރާތެއްގެ މަތިން ސިމެންތި ބައްތާ ވެއްޓިފައިވަނީ އެ ސައިޓުގައި މަސައްކަތް ކުރާ ބަންގަލަދޭޝްގެ 24 އަހަރުގެ މީޙެއްގެ ބޮލަށް ކަމަށެވެ. އަދި އެހާދިސާ ހިނގި ވަގުތު ފުލުހުން އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

އަދި އެހާދިސާ، ކަމާގުޅުން ހުރި އިދާރާތަކާއި ގުޅިގެން ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.

ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި، މިއަދު ބަންގްލަދޭޝްގެ ޒުވާނަކު މަރުވެފައިވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހު ވެސް ވަނީ ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި، ބަންގްލަދޭޝްގެ ނުވަ އަހަރުގެ އަންހެން ކުއްޖަކު މަރުވެފައެވެ.

Advertisement

ކޮމެންޓް