Advertisement

އައިއެސްއައިއެސްގެ މަންހަޖަކީ ނަބަވީ މަންހަޖާއި ސީދާ އިދިކޮޅު، ޠާޣޫތީ މަންހަޖެއް: ޝައިޚް ޢަބްދުﷲ

19 Jul 2019 | 14:31

ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ޖަމާއަތެއްކަމަށްވާ ''އައިއެސްއައިއެސް'' ގެ މަންހަޖަކީ ނަބަވީ މަންހަޖާއި ސީދާ އިދިކޮޅު، ޠާޣޫތީ މަންހަޖެއްކަމަަށް ޖަމްއިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝައިޚް އަބްދުﷲ މިފަދައިން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝައިޚު އަބްދުﷲ ވިދާޅުވިގޮތުގައި، ކީރިތި ރަސޫލާ، މުހައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް، އެކަލޭގެފާނުގެ އަސްހާބުންގެ ނަން އެޅިގެންތިބި މުނާފިގުން ގަތުލު ނުކުރެއްވުމަކީ ދީނަށް ލޯބިކުރާ މިއަދުގެ ޒުވާނުންނަށް އޮތް ނަމޫނާއަކަށް ނުވަނީތޯ ސުވާލުކުރައްވާފައިވެއެވެ.

އެހެންކަމުން އައިއެސްއައިއެސްގެ މަންހަޖަކީ ނަބަވީ މަންހަޖާއި ސީދާ އިދިކޮޅު، ޠާޣޫތީ މަންހަޖެއްކަން ސާފުވެގެންދާ ކަމަށް ޝައިޚްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އިރާގާ ސީރިޔާއިން ފާޅުވެގެން އުޅޭ އައިއެސްއައިއެސް ޖަމާއަތަކީ ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް މިޒަމާނުގެ އިތުބާރު ހުރި އިލްމުވެރިންވަނީ ވިދާޅުވެފައެވެ. އަދި އެޖަމާއަތުން އުއުލާނުކޮށްފައިވާ ޚިލާފަތަކީ ބާތިލު ޚިލާފަތެއްކަމަށްވެސް ޢިލްމުވެރިންވަނީ ފަތުވާދެއްވާފައެވެ.

މުސްލިމު ޖަމާއަތެއްގެ ނަމުގައި އިރާގާއި ސީރިޔާއިން ފާޅުވި އައިއެސް ޖަމާއަތުން ކުށެއްނެތް އެތައް މުސްލިމުންނެއް ގަތުލުކޮށް، މުސްލިމުންނާ މެދު އަނިޔާވެރި، އިންސާނިއްޔަތާއި ހިލާފު އަމަލުތައް ހިންގަމުންދާއިރު، ހައްދު ފަހަނައަޅާފައިވާ އިޒްރޭލަށް މިހާތަނަށް އެއްވެސް ހަމަލާއެއް އައިއެސްއިން ދީފައެއް ނުވެއެވެ.

Advertisement

ކޮމެންޓް

Advertisement