މި ސަރުކާރުގެ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޔާމީން: އަދުރޭ

11 Jul 2019 | 16:17

މި ސަރުކާާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޔާމީންކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވީ މެލޭޝިޔާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަކަށްފަހު ރޭ ރާއްޖެއަށް ވަޑައިގަތުމަށްފަހު އެއާޕޯޓުގައި މީޑިޔާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ރައީސް ޔާމީން ކަމަށެވެ. އެގޮތުން އެމަނިކުފާނު އިދިކޮޅުގައި މަސައްކަތްކުރެއްވުމަކީ މި ސަރުކާރަށް ކެތްކުރެވޭ ކަމަކަށް ނުވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ޝަރީއަތަށް އަމާޒުކުރައްވާ އަދުރޭ ވިދާޅުވީ ކޯޓުގައި ރައީސް ޔާމީނަށް ކުރައްވާ ސުވާލުތަކަށް ސާފުކޮށް ޖަވާބުދެއްވައި، ދިފާއުވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޔާމީން ކޯޓަށް ހާޒިރުކުރާނެކަން މާކުރިންވެސް އެނގޭކަމަށާއި ނަމަވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ މައްޗަށް ސާބިތުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ޔަގީން ކަމަށެވެ.

އަދި އެމަނިކުފާނު ކޯޓަށް ހާޒިރުކުރަން ޗިޓު ފޮނުވައިފިއްޔާ ކޯޓަށް ވަޑައިގަންނަވާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް