Advertisement

ހިދުމަތްދޭ ގަޑިތަކަށް މީރާއިން ބަދަލު ގެނެސްފި

17 Oct 2018 | 15:22

މޯލްޑިވްސް އިންލޭޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިދުމަތްދޭ ގަޑިތަކަށް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނެސްފިއެވެ.

މިގޮތުން ޓޯކަން ނަންބަރު ދޫކުރާ ގަޑިތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ނަންބަރުތައް ދޫކުރުމަށް ހަމަޖެހިފަ އޮތް ގޮތަކީ:

ޓެކްސް އަދި ފީ ދެއްކުމަށް – ހެނދުނު 08:00 އިން މެންދުރު ފަހު 03:00 އަށް

ރަޖިސްޓްރޭޝަނާއި ގުޅޭ ކަންކަމަށް – ހެނދުނު 08:00 އިން މެންދުރު ފަހު 03:15 އަށް

މައުލޫމާތު ހޯދުމަށް – ހެނދުނު 08:00 އިން މެންދުރު ފަހު 04:00 އަށް

ބަލްކް ޓޯކަން ސީރީސް (9000) ގެ ފީ ދެއްކުމަށް – ހެނދުނު 08:00 އިން މެންދުރު 12:00 އަށް

އާދައިގެ (8500) ގެ ޕޭމަންޓް ދެއްކުމަށް – ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް

އެކްސްޕްރެސް (8000) ގެ ހިދުމަތަށް – ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް

މެންދުރު 12:00 އިން 01:00 އާއި ދޭތެރޭ ހިދުމަތް ދެވޭނީ ހަމައެކަނި އެކްސްޕްރެސް ނަންބަރުތަކަށް ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މީރާގެ ރަސްމީ ގަޑި ނިމޭ ގަޑިއަކަށް ހަވީރު 04:00 ހަމަޖައްސާފައިވާ ކަމަށާއި މި ބަދަލުތައް ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ މުވައްޒަފުންނަށް ލުއި ފަސޭހަ ކޮށްދިނުން ކަމުގައި މީރާއިން ހާމަކޮށްފައިވެއެވެ.  

Advertisement

ކޮމެންޓް