ހުޅުމީދޫ ސިއްހީ މަރުކަޒުގެ އިމާރާތަށް ބައެއް އިތުރުކުރަން ބަޔަކާ ހަވާލުކޮށްފި

11 Jul 2019 | 20:28

ސ.ހުޅުމީދު ސިއްޙީ މަރުކަޒަށް އިތުރުކުރާ ބައިގެ މަސައްކަތް ކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.

1.3 މިލިޔަން ރުފިޔާގެ މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 75 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އައްޑޫ ސިޓީގައި ހުޅުމީދޫއަކީ ވަކިން އޮންނަ ރަށަކަށް ވުމުން ސިއްހީ ނިޒާމްގެ ފައިދާ އެންމެ ރަނގަޅަށް ކުރާނީ އެތަނުގައި ހުރި ސިއްހީ ހިދުމަތް ދޭތަނަށް ބޮޑެތި ބަދަލުތަކެއްގެނެސްގެންކަމަށެވެ.

އަދި މިހާރު ކުރަމުންދަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ހުޅުމީދޫ ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.

Advertisement

ކޮމެންޓް