ރޫހާނީ ކަންތައްތަކެއް ހިނގާތީ ތުޅާދޫ ސްކޫލްގައި ތަޅުއަޅުވައިފި

11 Jul 2019 | 21:32

ރޫހާނީ ކަންތައްތަކެއް ހިނގަމުންދާ ކަމަށްބުނެ، ބ.ތުޅާދޫ ސްކޫލްގެ ބެލެނިވެރިންތަކެއް ނިކުމެ އެ ސްކޫލުގައި ތަޅު އަޅުވައިފިއެވެ.

އެ ސްކޫލުގެ މައިގޭޓުގައި ތަޅު އަޅުވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އެ ބެލެނިވެރިން ތުހުމަތުކުރަނީ އެ ސްކޫލުގައި ހުރި ދުވަސްވީ ގަހެއްގެ ސަބަބުން ދަރިވަރުންނަށް ނޭދެވޭ ރޫހާނީ އަސަރުތަކެއް ފޯރަމުންދާ ކަަމަށެވެ. އެހެންކަމުން އެ ބެލެނިވެރިން ބޭނުންވަނީ އެ ގަސް ކަނޑާލުމަށްކަމަށްވެއެވެ.

ނަމަވެސް މިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ދެކޮޅު ހަދާފައިވާކަމަށް ބައެއް މީޑިޔާތަކުން އެރަށު ސްކޫލްގެ ބެލެނިވެރިންނާއި ހަވާލާދީ ބުނެފައިވެއެވެ.

އެ ބެެލެނިވެރިން ބުނީ އެ ސްކޫލް ދެން ހުޅުވޭނީ އެ ގަސް ކަނޑާލުމުންކަމަށެވެ. މީގެ ކުރިންވެސް ރަށްރަށުގެ ސްކޫލްތަކުގައި ހުރި ގަސްތަކުގެ ސަބަބުން ކުދިންނަށް ރޫހާނީ ކަންކަމާއި ކުރިމަތިލާން ޖެހިފައިވެއެވެ.

Advertisement

ކޮމެންޓް