ބިދޭސީންނަށް ބަރޯސާ ވުމަކީ ބޮޑު ގެއްލުމެއް: ނިހާން

12 Jul 2019 | 09:50

ބިދޭސީންނަށް ބަރޯސާ ވުމަކީ ބޮޑު ގެއްލުމެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮންމެ ބަޔަކު ވެރިކަން ކުރިނަމަވެސް، ދިވެހިން އަމިއްލައަށް މަސައްކަތް ނުކޮށް، ބިދޭސީންނަށް ބަރޯސާ ވުމަކީ ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އާމްދަނނީ ނުހޯދާ ބަޔަކު ތިބިކަން ފާހަގަކުރައްވާ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ނިހާން ވަނީ އެވާހަކަފުޅަށް ތާއީދު ކުރައްވާފައެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަސައްކަތް ކުރާ އުމުރުގެ އާބާދީ ބޮޑުވުމަކީ ތަރައްގީ އަށް އޮތް ފަހި ފުރުސަތެއް ކަމަށެވެ.

އެހެން ނަމަވެސް މަސައްކަތެއް ނުކޮށް މައިންބަފައިންގެ އެހީގައި ދިރިއުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުން ދިއުމަކީ ހިތާމައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބިދޭސީންނަށް ބަރޯސާވުމަކީ ބޮޑު ގެއްލުމެއް ކަމަށް ނިހާން ވިދާޅުވިއިރު، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާ ކުރަނީ އަވަށްޓެރި ގައުމުތަކުން އަންނަ ބިދޭސީންނެވެ. އަދި އޭގެތެރޭގައި ގަވައިދދާ ޚިލާފަށް އުޅޭ މީހުން ވަރަށް ގިނައެވެ.

ފޮޓޯ: ވަަން 

Advertisement

ކޮމެންޓް