މޫދު ލޮނުގަނޑުގެ ކުލައަށް ބަދަލު އަންނަ ނަމަ އެންގުމަށް އެދިއްޖެ 

Share on facebook
Share on twitter
Share on telegram
Share on whatsapp

މޫދުގެ ލޮނުގަނޑުގެ ކުލައަށް ބަދަލު އަންނަ ނަމަ އެންމަށް މޯލްޑިވްސް މެރިން ރިސާޗް  އިންސްޓިޓިއުޓުން އެދިއްޖެއެެވެެެ. 

އެެ އިންސްޓިޓިއުޓުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެެފައި ވަނީ، ދިވެހިރާއްޖޭގެ ބައެެއް ހިސާބުތަކުގެ މޫދު ތަކުގައި ލޮނުގަނޑު ފެހިކުރާ އަލްގޭއެއް އުފެދެމުން ދާކަމުގެ ރިޕޯޓްތައް ލިބެމުން އަންނަ ކަމަށާއި، މިގޮތަށް ލޮނުގަނޑުގެ ތެރެއިން ފެހިކަން ފެންނަ ނަަމަ އެކަންް އެންގުމަށް އެެދޭޭ ކަމަށެވެ. 

އަދި އެފަދަ ކަމެއް ފާހަގަަވެއްޖެ ނަމަ ފޮޓޯ އެ އިންސްޓިޓިއުޓަށް ފޮޮނުވުމަށް ވެސް ވަނީ އެދިފައެވެެ. 

ލޮނުގަނޑުގެެ ކުލަ މޫޅިން ފެހިކުލައަށް ބަދަލުކުރާ މި އަލްގޭ ގެ ސަބަބުން މޫދުގެ ދިރުންތަކަށް އަސަރުކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެ ޓްވީޓުގައި ވަނީ ބުނެެފައެވެެ. މިފަދަ ކަމެއް ފާހަގަަކުރެވިއްޖެ ނަމަ ލަސްނުކޮށް އެންގުމަށް މެރިން ރިސާޗް އިންސްޓިޓިއުޓުން ވަނީ އެދިފައެވެެ. 

މިއީ މަދުން ނަމަވެސް ރާއްޖޭޭގެ ބައެއް ރަށްރަށުގެެ ގޮނޑުދޮއްތަކަށް ދިމާވަމުން އަންނަ މައްސަލައެެކެެވެެ. މިކަމުގެ ސަބަބުން ދިރުންތައް މަރުވެ ނެތި ދިއުމުގެ އިތުރުން ގުދުރަތީ ރީތިކަން ގެއްލުމާއި، ލޮނުގަނޑުގެ ވަސް ބަދަލުވުންފަދަ މައްސަަލަތައް ކުރިމަތިވެއެެވެެ. 

62%25%12%

ހިޔާލު ދެއްވާ!

Your email address will not be published.