Advertisement

ރައީސް ޞާލިހް ގއ. އަދި ގދ. ގެ ބައެއް ކައުންސިލަރުންނާ ބައްދަލުކުރައްވައި

13 Jul 2019 | 09:42

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙު ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި ރޭ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ތިނަދޫ ރަށު ކައުންސިލް އިދާރާގައި ވަކިވަކިން ބޭއްވެވި މިބައްދަލު ކުރެއްވުން ތަކުގައި ގއ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާއި ގދ. ގައްދޫ ކައުންސިލަރުންނާއި ގދ. ފަރެސް މާތޮޑާ ކައުންސިލަރުންނާއި ގއ. ދާންދޫ ކައުންސިލަރުންނާއި ގއ. ގެމަނަފުށީ ކައުންސިލަރުން ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުކުރެއްވުން ތަކުގައި ކައުންސިލަރުންވަނީ އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަ ކުރައްވައި ބައެއް މުއައްސަސާ ތަކުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ބޭނުންވާ ކަންކަން ފާހަގަ ކުރައްވައި، ރައްޔިތުންނަށް ދަތިވާ ބައެއް ކަންކަން ފާހަގަ ކުރައްވައިފައެވެ. މީގެއިތުރުންވެސް ރަށްރަށުގެ އިޤުތިޞާދާއި ރައްޔިތުންގެ އާމްދަނީއާއި ޒުވާނުންނާއި ކުޅިވަރާއި ތަޢުލީމާއި ޞިއްޙީ ދާއިރާގައި ހުރި މައްސަލަތަކާއި އެދާއިރާތަކުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ފާހަގަ ކުރައްވައި ކައުންސިލުތަކުން ރައީސުލްޖުމްހޫރިއްޔާއާ އެކަންކަން ޙިއްޞާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުން ތަކުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލަރުން ފާހަގަ ކުރެއްވި ކަންކަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކަމާ ގުޅުންހުރި ސަރުކާރުގެ ކުންފުނިތަކާއި މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement