Advertisement

ޕްރީ ސީޒަނުގައި ޔުނަައިޓެޑް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފި

13 Jul 2019 | 19:45

ޕްރީ ސީޒަނުގައި މެންޗެސްޓާ ޔުަނައިޓެޑް ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރެއިން އެޓީމް ފުރަތަމަ ކުޅުނު މެޗް ކާމިޔާބު ކޮށްފިއެވެ.

އޮސްޓްރޭލިއާގެ ޕާތް ގްލޯރީއައި ދެކޮޅަށް ކުޅުނު މި މެޗް ޔުނައިޓެޑް ކާމިޔާބުކުރީ 2-0 ކުންނެވެ. ޔުނައިޓެޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި އެޓީމުގެ ގޯލުތައް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް އަދި 85 ވަނަ މިނެޓުގައި ޒުވާން ތަރި ޖޭމްސް ގާނާއެވެ.

ފްރާންސްއަށް ނިސްބަތްވާ ޔުނައިޓެޑުގެ ތަރި ޕޮގްބާގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އިންޓަ މިލާންއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ފޯވަޑް ލުކާކޫ ސްކޮޑުގައި ހިމެނިފައިނުވާކަން ފާހަގަ ކޮށްލެވެއެވެ.

ޒުވާން ގިނަ ކުޅުންތެރިންތަކެއް ޔުނައިޓެޑުން މި މެޗުގައި ފެނިގެން ގޮސްފައިވާއިރު ކްރިސްޓަލް ޕެލަސްއިން ޔުނައިޓެޑާ 50 މިލިއަން ޕައުންޑަށް ގުޅުނު ފުލް ބެކް ބިސާކާވެސް ފެނިގެން ގޮސްފައިވެއެވެ.

ޕްރީ ސީޒަނުގައި ޔުނައިޓެޑް ވަނީ އޮސްޓްރޭލިއާ، ޗައިނާ، ސިންގަޕޫރު، އަދި ވޭލްސްގައި މެޗުތައް ކުޅުމަށް ހަމަޖެހިފައެވެ.

Advertisement

ކޮމެންޓް

Advertisement