Advertisement

ވަކީލުކަމަކީ އިތުބާރު ހިފޭ މަސައްކަތަކަށް ހަދަންޖެހޭ: ބިސާމް

13 Jul 2019 | 22:33

ގާނޫނީ ވަކީލު ކަމަކީ އިތުބާރުހިފޭ ވަފާތެރިންގެ މަސައްކަތަކަށް ހަދަންޖެހޭ ކަަމަށް ޕްރޮސިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ބިސާމް މިހެން ވިދާޅުވީ ބާ ކައުންސިލުގެ އިންތިހާބުގެ ވޯޓްލުން ކުރިއަށް ދަނިކޮށް އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ބާ ކައުންސިލުގެ އިންތިހާބުގައި ކާމިޔާބު ހޯދާ ފަރާތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެން ބިސާމް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ގާނޫނީ ފަންނަށް ތާރީޚީ ދުވަހެއް ކަމަށާއި އެއްވެސް ފަންނަކީ ދެގޮތެއް ނުވެ އަބަދު އެއްގޮތަކަށް އޮންނާނެ ފަންނެއް ނޫން ކަމަށެވެ. އަދި ވަކީލުކަމަކީ އިތުބާރު ހިފޭ، ބަރޯސާވެވޭ، ޝަރަފުވެރި އަދި ވަފާތެރިންގެ މަސައްކަތަކަށް ހަދަންޖެހޭ ކަމަށް ބިސާމް ވިދާޅުވިއެވެ.

މިއަދު ބޭއްވި ބާކައުންސިލުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކައުންސިލުގެ ރައީސްކަމަށް އިންތިޚާބުވީ ގާނޫނީ ވަކީލު މައުމޫން ހަމީދެވެ. އަދި ނައިބު ރައީސް ކަމަށް ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒެވެ.

ރާއްޖޭގައި ގާނޫނީ ވަކީލުންގެ ހުރިހާ ކަމެއް ރެގިއުލޭޓް ކުރާނީ ބާ ކައުންސިލުންނެވެ.

Advertisement

ކޮމެންޓް

Advertisement