އޮރީގީ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިން ގޯލުން، 1-0 ވުލްވްސް ބަލިކޮށް ލިވަޕޫލް ދެވަނައަށް

Share on facebook
Share on twitter
Share on telegram
Share on whatsapp

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ، ރަށުންބޭރުގައި ވުލްވްސް 0-1 ން ބަލިކޮށް ޕްރެމިއާ ލީގު ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

ވުލްވްސްގެ މޮލިނެއުކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ލިވަޕޫލަށް އެންމެ ހުސް ފުރުޞަތެއް ލިބުނީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ޑިއޯގޯ ޖޮޓާއަށެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓްގައި ލިވަޕޫލްގެ އިނގިރޭސި ޑިފެންޑަރ އެލެގްޒެންޑާ އާނޯލްޑް ގޯލް ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ޖޯޓާ ބޮލުން ފޮނުވާލުމުން ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ލިވަޕޫލުގެ ސްޕެނިޝް މިޑްފީލްޑާ ޓިއާގޯ މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ވުލްސްގެ ކީޕަރު ހޯސޭ ދިފާޢުކުރި އިރު، 60 ވަނަ މިނެޓްގައި ވުލްސްގެ ޕެނަޓީއޭރިޔާ ތެރެއިން ޖޮޓާ އަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ވުލްވްސްގެ ކެޕްޓަން ކޮނާ ކޯޑީ ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. މީގެ އިތުރުން ވެސް ފަހުހާފުގެ 87 ވަނަ މިނެޓްގައި ލިވަޕޫލްގެ ސަޑިއޯ މާނޭއަށް ވަނީ ވަރަށް ހުސް ފުރުޞަތެއްލިބި ބޭނުން ހިފޭގޮތް ނުވެފައެވެ.

މިވެސް ކިޔާލާ:

ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި މެޗު ނިމެންދަނިކޮށް ލިވަޕޫލަށް މެޗުން 03 ޕޮއިންޓް ކަށަވަރުކޮށްދިނީ ރެފްރީ އިތުރު ވަގުތުގެގޮތުގައި ދެއްކި 05 މިނެޓްގެ ތެރެއިން 04 ވަނަ މިނެޓްގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ ކާމިޔާބުކޮށްދިން ގޯލުންނެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ ލިވަޕޫލްގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު ލިވަޕޫލަށް 15 މެޗުން ވަނީ 34 ޕޮއިންޓް ލިބިފައެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން މޮޅުވި ސިޓީ އެއް ވަނައިގައި އޮތީ 15 މެޗުން 35 ޕޮއިންޓާ އެކު އެވެ.

އިއްޔެ ހަވީރު ވެސްޓް ހޭމް އަތުން ބަލިވި ޗެލްސީ ތިން ވަނައިގައި އޮތީ 15 މެޗުން 33 ޕޮއިންޓާ އެކުއެވެ. ހަތަރެއްގައި އޮތް ވެސްޓް ހޭމްއަށް 15 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ.

100%0%0%

ހިޔާލު ދެއްވާ!

Your email address will not be published.