Advertisement

ޝައިމްގެ މައްސަލައިގައި މުޅި ދައުލަތުން ޒިންމާ ނަގަން ޖެހޭ: ޝިދާާތާ

15 Jul 2019 | 17:16

ދައުލަތުގެ ބެލުމުގެ ދަށުގައި އަމާންހިޔާގައި ހުއްޓާ ގެއްލުނު ޝައިމް އަބްދުﷲ ގެއްލުނު މައްސަލައިގައި މުޅި ދައުލަތުން ޒިންމާ ނަގަންޖެހޭކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އެ މައްސަލައާއި ގުޅިގެންް ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޝިދާތާ ވިދާޅުވީ ޝައިމް ގެއްލުނު މައްސަލައިގައި ޖެންޑާ މިނިސްޓްރީން ބޮޑު ޒިންމާއެއް ނަގަންޖެހޭނެކަމަށެވެ. ނަމަވެސް މިކަމުގައި މުޅި ދައުލަތުންވެސް ޒިންމާ އުފުލަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސަބަބަކީ ކުޑަކުދިން ބެލެހެއްޓުމާއި، ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ހެދުމާއި އަދި އެކި ފަންތީގެ، އެކި ބާވަތުގެ ކުޑަކުދިންނަށް ހިދުމަތްދިނުމަށްޓަކާ މަރުކަޒުތައް ގާއިމުކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް ވާތީއެވެ. ޝިދާތާ ވިދާޅުވި ގޮތުގައި ޝައިމް ގެއްލުނު މައްސަލައިގައި ބޮޑެތި ފަރާތްތަކެއްގެ އަތެއްވެއެވެ.

މި މައްސަލައާއި ގުޅިގެން ކުޑަކުދިންގެ ހިޔާގެ މުވައްޒަފަކު ވަގުތީ ގޮތުން ސަސްޕެންޑްކުރެވިފައިވާކަން އެކަމަނާ ވަނީ ހާމަކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement