Advertisement

ބޭރު ބޯޓުތަކަށް ރާއްޖޭގެ ކަނޑުން މަސްގަންނަން ފުރުސަތު ދިނުމާއި ޕީއެންސީ ދެކޮޅު

17 Jul 2019 | 19:22

ބޭރުގެ ބޯޓުތަކަށް ރާއްޖޭގެ ކަނޑުން މަސްގަންނަން ފުރުސަތު ދީފިނަމަ، ގައުމުގެ ސިޔާދަތަށް ނުރައްކާ ވެދާނެ ކަމަށް ވިދާޅުވެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައިދޭން މަސައްކަތް ކުރަންޖެހޭކަން ފާހަގަ ކުރައްވާ، އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭރު ޤައުމުތަކުގެ ބޯޓުތަކަށް ރާއްޖޭގެ ކަނޑުން މަސްގގަންނަން ފުރުސަތު ދިނުމަކީ މަސްވެރިކަމުގެ ސިނާޢަތު ހަލާކުވާނެ ކަމެއް ކަމަށެވެ.

އަދި ބޭރުގެ ފަރާތްތަކަށް މި ފުރުސަތު ދީފިނަމަ، ހަތިޔާރާއި ޑްރަގްސް އަދި ހިއުމަން ޓްރެފިކިންއަން މަގުފަހިވެ، ސިޔާދަތަށް ނުރައްކާވާނެ ކަމަށްވެސް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝޝަރީފު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަސްވެރިންނަށް ވައުދުވެވަޑައިގެންނެވި ކަންކަން ހިމަނައި، މަސްވެރިކަމުގެ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.

މި ބިލުގައި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ގާއިމުކުރުމާއި ރާއްޖެއިން ބާނާ މަސް، ސީދާ ބޭރު ގައުމުތަކަށް ވިއްކުމާ ގުޅޭ މާއްދާއެއް ވެސް އެ ބިލުގައި ހިމަނާފފައިވެއެވެ.

ފޮޓޯ: އަަވަސް އޮންލައިން

.

Advertisement

ކޮމެންޓް