ރަލާއި އޫރުމަސް ވިއްކުން މަނާކުރުމަށް ޖާބިރުގެ ފަރާތުން ގަރާރެއް!

15 Jul 2019 | 17:13

ދިވެހިރާއްޖޭގައި ރަލާއި އޫރުމަސް ވިއްކުން މަނާކުރުމަށް ގޮވާލާ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގަރާރެއް ހުށައަޅުއްްވައިފިއެވެ.

ޖާބިރު މި ގަރާރު ހުށައެޅުއްވީ ރާއްޖޭގައި ކެސީނޯ އެޅުމުގެ ހުއްދަ ނުދީ ރަލާއި އޫރުމަސް ވިއްކަމުންދާތީ އެކަމަށް ސަރުކާރަށް ފާޑުވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.

ޖާބިރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ 40 އަހަރު ތާރީހުގައި ބަނގުރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމަކީ އެއްވެސް ސަރުކާރަކަށް ހުއްދަ ނުކުރެވޭނެ ކަމެެކެވެ. ސަބަބަކީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވީ ހިނދު، ދީނުގައި ހަރާންކޮށްފައިވާ އެއްވެސް ކަމެއް ގާނޫނު އަސާސީއާ ގާނޫނުތަކާ ހިލާފަށް ކުރުމަށް ހުއްދަ ދިނުމަކީ ވެގެންވާނެ ކަމަކަށް ނުވާތީއެވެ.

އެގޮތުން، އެ ގަރާރުގައި ޖާާބިރު އެދިލައްވާފައިވަނީ ބަނގުރަލާއި އޫރުމަސް އެތެރުކޮށް ވިއްކަން ދީފައިވާ ހުއްދަތައް ވަގުތުން ބާތިލުކޮށް، ދީނުގައި ހަރާންކޮށްފައިވާ އެފަދަ ތަކެތި އެއީ ރާއްޖޭގައި ވިއްކުން މަނާ ތަކެތީގެ ގޮތުގައި ކަނޑައެޅުމަށެވެ.

Advertisement

ކޮމެންޓް

Advertisement