ގާޒީ މަހާާޒަށް އެޅި ފިޔަވަޅު މުރާޖައާކުރަނީ

16 Jul 2019 | 10:51

ސުލޫކީ މައްސަލައެއް ސާބިތުވި ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ މައްޗަށް އެޅި ފިޔަވަޅު އަލުން މުރާޖަޢާކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.

މަހާޒުގެ މައްޗަށް 2014ވަނަ އަހަރުގައި ފިޔަވަޅު އެޅީ އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުމަކާއި ގުޅިގެންނެވެ.

އެގޮތުން އެ ލިޔުމުގައި މަހާޒު ލިޔުއްވީ އޭރު ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެއެވެ. މަހާޒު އެހެން ވިދާޅުވީ އެ ދުވަސްވަރުގައި ޕީޖީ އޮފީހުގައި ޕްރޮސެކިއުޓާ ޖެނެރަލެއް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ނައިބެއްެވެސް ނެތުމުންނެވެ.

އެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އެދުނީ މަހާާޒް އަމިއްލަފުޅަށެވެ.

އެ މައްސަލަ އަލުން ބެލުމަށް ޖޭއެސްސީން ވަނީ ކޮމެޓީއެއް އެކުލަވާލާފައެވެ. އެ ކޮމެޓީގައި ހިމެނެނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ، ކޮމިޝަންގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ކޮމިޝަނުގެ މެމްބަރު މެމްބަރު ޑރ. އަލީ ޝަމީމް އަދި ކޮމިޝަންގެ މެމްބަރު އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތެވެ.

ފޮޓޯ: މިހާރު

Advertisement

ކޮމެންޓް