ދިވެހި އަންހެން ވިޔަފާރިވެރިންނާ އިންތިހާބީ ރައީސް ބައްދަލުކުރައްވައިފި

18 Oct 2018 | 07:54

މާލޭގައި ތިއްބެވި ބައެއް ދިވެހި އަންހެން ވިޔަފާރިވެރިންނާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައްދަލުކުރައްވައިފި އެވެ.

މިބައްދަލު ކުރެއްވުމުގައި ވަނީ މިދާއިރާގައި އަންހެން ވިޔަފާރިވެރިންނަށް އެބޭފުޅުންނަށް ހުރި ދަތިތަކާ އަންހެނުންގެ ހިއްސާ މިފަދަ ކަންކަމުގައި އިތުރު ކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކޮށްފައެވެ.

އެގޮތުން ފައިސާ ގެ ދަތިކަމާއި، ޕްރައިވެޓް ސެކްޓާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން ދިމާވާ ދަތިއުނދަގޫތަކާއި، އަންހެނުންނަށް ވިޔަފާރީގެ ދާއިރާގައި މިހާރަށްވުރެ ގިނަ ފުރުސަތުތައް ފަހިކޮށްދީ ގޭގައި ތިބެގެންވެސް އަންހެނުންނަށް މަސައްކަތްކުރެވިދާނެ ހަރުދަނާ ގޮތްތަކާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގެ ވަނީ މަޝްވަރާކުރައްވާފަ އެވެ.

އީބޫ ވަނީ މީގެ ކުރިން ބައެއް ޒުވާން ދިވެހި ފިރިހެންް ވިޔަފާރިވެރިންނާވެސް ބައްދަލައު ކުރައްވާ އެބޭފުޅުންނަށް ހުރި މައަސލަތަކާ މެދު މަޝްވަރާ ކުރައްވާފައެވެ.

ދެ ޖިންސްގެ ތަފާތުކުރުމެއްނެތި އަންހެނުންނާއި ފިރިހެނުންނަށް ވިޔަފާރީގެ ދާއިރާއިން ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަކީ އިބޫގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭކަމެކެވެ.

Advertisement

ކޮމެންޓް