Advertisement

އީއައިބީން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

26 Jul 2019 | 16:12

އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އެހީވުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބެންކު (އީއައިބީ) އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ.

އީ.އައި.ބީން ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ، މިދިޔަ ހަފްތާގައި ކުރިއަށްދިޔަ އޭޝިއަން އިންފްރާސްޓްރަކްޗަރ ބެންކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ލަކްޒަމްބަރގްއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރާއްޖެއަށް ދިން 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި އީ.އައި.ބީގެ ފަރާތުން ސޮއިކުރެއްވީ، އެބެންކުގެ ވައިސް ޕްރެސިޑެންޓް އެންޑުރޫ މެކްޑަވަލްއެވެ.

އީ.އައި.ބީން ރާއްޖެއަށް ދިން ލޯނުން ޚަރަދުކުރާނީ ސަރުކާރުން ކުރިއަށްގެންދާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށެވެ. އަދި މިލޯނުގެ ސަބަބުން ސަރުކާރުން ތެލާއި ހަކަތައަށް ކުރާ ހޭދައަށްވެސް ލުޔެއް ލިބިގެންދާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

Advertisement

ކޮމެންޓް